ހާޒިރުވާން ނުޖެހޭތީ ޕީޕީއެމް ސަރުކާރުގެ އެއްވެސް ވަޒީރަކު މަޖިލީހުގައި ދޮގުހަދާފައެއް ނެތް: ދޮންބިލެތް
ޕީޕީއެމް ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގައި ހުރީ ބޮޑުތަޅު އަޅުވާފައި ކަމަށާއި، އެހެންވެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން ނުޖެހޭތީ އެ ސަރުކާރުގެ އެއްވެސް ވަޒީރަކަށް މަޖިލީހުގައި ދޮގުހަދަން ވެސް ނުޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް...