ބ.އޭދަފުށީގައި ހަދަމުންދާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމި، އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ %87 މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިންމައި، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

Ad
rt

މިހާރު މި މަޝްރޫޢުގެ ދަށުން ކުރިއަށް ދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

34.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 22،942 ސްކޮޔާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 22 އޭޕްރިލް 2019 ގަ އެވެ.

އެމްޓީސީސީއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވަނީ ހުސްވި އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ވިދާޅު ވެފައެވެ.

މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، މިގޮތުން ފާއިތުވެދިޔަ ކުއާޓާގައި 14 މަޝްރޫޢެއް ނިންމައި އިތުރު 8 މަޝްރޫޢެއް ފެށިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވެސް ވަނީ އެ ކުންފުނީގެ ދެވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމައި، އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް މި ކުއާޓާގެ ތެރޭގައި ފަށާފައި ވާކަމަށް ބުނެފައެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢު، . ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.