ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް މޯލްޑިވިއަން ބްލަޑް ސާރވިސަސް (އެމްބީއެސް)ގައި
ތެލެސީމިއާ ކުދިން ބައްލަވަމުން ގެންދަވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތުން އިއްޔެއިން ފެށިގެން، ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލެސީމިއާ ކުދިން ބައްލަވަމުން ގެންދަވާނެ ކަމަށް އެމްބީއެސް އިން ވަނީ ބުނެފައެވެ.

Ad
rt

މި މަސައްކަތަކީ ތެލެސީމިއާ ކުދިން ފަރުވާ ހޯދަމުންދާއިރު، އެކަމުގެ ސަބަބުން ހުށަހެޅޭ އެހެނިހެން ބަލިތައް އަވަހަށް ދެނެގަނެ، ދުރާލާ އެކަމަށް ފަރުވާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފެށިގެންދިޔަ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.

"ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް 02 ސެޕްޓެމްބަރ އިން ފެށިގެން ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލެސީމިއާ ކުދިން ބައްލަވަމުންގެންދަވާނެއެވެ. މިއީ ތެލެސީމިއާ ކުދިން ފަރުވާ ހޯދަމުންދާއިރު، އެކަމުގެ ސަބަބުން ހުށަހެޅޭ އެހެނިހެން ބަލިތައް އަވަހަށް ދެނެގަނެ، ދުރާލާ އެކަމަށް ފަރުވާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފެށިގެންދިޔަ ވަރަށް މުހިންމު ކަމެކެވެ."

އެމްބީއެސް އިން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް ވެސް އެމްބީއެސް އިން އަންނަނީ ދޭތެރެ ދޭތެރެއިން އެދެމުންނެވެ.

އިޖުތިމާއީ ޒިންމާއެއް ކަމަށް ދެކި އެންމެ ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަނީ ރިސޯޓުތަކުންނާއި، ކުންފުނިތަކާއި، އެކި އޮފީސް ތަކުންނާއި، އެޒިންމާ އަދާ ކުރަން ޖެހޭ ބައެއް ތިބިކަން ޤަބޫލުކުރާ ފަރާތްތަކެވެ. ނަމަވެސް އެފަރާތްތަކުން ހިންގާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކަށް ވަނީ ކޯވިޑް-19ގެ ހިޔަނިއެޅި ލޭ ލިބުން ދަތިވެފައެވެ.