މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްބީއެސް

12 Stories filed
ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް
Raajje

ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް

އޭޕްރިލް 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންގެ ގަޔަށް އަޅާފައިވާ ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ބަލާއިރު ޔަގީން ކުރެވޭކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ރޭ ބުނެފިއެވެ. މިދިޔަ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ތިން މީހެއްގެ ގަޔަށް ލޭ އެޅުމުގައި ދިމާވި މި ހާދިސާއާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރިއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން […]

ހުކުރު ދުވަހު ވެސް ތެލަސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފި
Raajje

ހުކުރު ދުވަހު ވެސް ތެލަސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފި

މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއީ އެ ސެންޓަރުގެ 31 އަހަރުވީ ތާރީޚުގައި ހުކުރު ދުވަހަކު ރަސްމީކޮށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 29 ޑިސެމްބަރ 1994 ގައި ތެލަސީމިއާ ސެންޓަރު ހުޅުވި ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ހުކުރު ދުވަހަކު އެ ސެންޓަރު […]

ބްލަޑް ސާވިސަސް އިން ހޮޓްލައިނެއް ތައާރަފްކޮށްފި
Raajje

ބްލަޑް ސާވިސަސް އިން ހޮޓްލައިނެއް ތައާރަފްކޮށްފި

ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޚިދުމަތްތައް ފަސޭހަކުރުމަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ. މި ނަންބަރަކީ 7333645 އެވެ. މި ހޮޓްލައިން މެދުވެރިކޮށް، އެމްބީއެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ހޯދިދާނެއެވެ. އެމްބީއެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ޚިދުމަތްދެއެވެ. ޑޮކްޓަރަށް ދެއްކުން 8:00 އިން 20:30...

އޮރެންޖް ހިޔާގައި ގާއިމުކުރި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްފި
Raajje

އޮރެންޖް ހިޔާގައި ގާއިމުކުރި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް އެ ޚިދުމަތްތައް ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްފިއެވެ. އޮރެންޖް ހިޔާ ބިލްޑިންގ މިކަމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ހަފުލާގައި މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއް...

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި
Raajje

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް މީހަކު ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. 24 މާރިޗް 2025 ގައި ހެލްތް މިނިސްޓްރީން ވަނީ އެ މަގާމަށް ވަގުތީގޮތުން އަހްމަދު މައުސޫމް ހަމަޖައްސާފައެވެ. މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. މައުސޫމްގެ ބެލުމުގެ ދަށުން އެތަން ހިންގަމުން އަންނައިރު، ތެލެސީމިއާ ޤާނޫނުގައި ބުނާ...

ތެލެސީމިއާ ސެންޓަރުގެ ޑީޖީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި
Raajje

ތެލެސީމިއާ ސެންޓަރުގެ ޑީޖީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައި ވަނީ އަހްމަދު މައުސޫމް ކަމަށެވެ. ހެލްތް މިނިސްޓްރީން ބުނީ، އެމްބީއެސްގެ ޑީޖީއަކަށް ހަމަޖެއްސި އަހްމަދު މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ...

ރައީސް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރަށްވައި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި
Raajje

ރައީސް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރަށްވައި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިފިއެވެ. ރައީސްގެ މި ޒިޔާރާތުގައި ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ. އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމު...

ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާއެއް
Raajje

ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާއެއް

ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މިރޭ މާލޭގައި މުޒާހަރާއެއް ކުރަމުން އެބަދެއެވެ. ފިލްޓަރު ތަކުގައި މައްސަލަހުރިކަމަށްްބުނެ ތެލަސީމީއާ ކުދިންގެ ބައެއް ބެލެނިވެރިން ވަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެލެނިވެރިންގެ ކަންބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގައި މިރޭ ބައްދަލުވުމެއް ބޭއްވިއެވެ. މުޒާހަރާ ކުރަން ފެށީ އެ ބައްދަލުވުމަށްފަހުއެވެ. މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ލިޔުންތަކުގައި ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސް...

ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި
Raajje

ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ބޯހިމެނުން ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކުރައްވައިފި އެވެ. އެމްބީއެސް އިން ބުނީ އެ މަސައްކަތް ރާއްޖޭގެ ހުރިހައި ސަރަހަައްދެއްގައި ނިންމައިލިޔަސް ގާތްގަޑަކަށް 900 އެއްހާ ތަނުގެ މައުލޫމާތު އަދިވެސްނުލިބޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެމްބީއެސް އިން ބުނީ ތަޅުލާފައި ހުރުމާއި ގުޅޭނެ ގޮތް ނުވުން ކަމަށެވެ. އަދި މައުލޫމާތުދޭ ވަރުގެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައިވުމުން ވެސް މައުލޫމާތު ނުލިބުމުގެ ސަބަަބެއް ކަމަށް...

މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދިވެސް ފުރިހަމަ ނުކުރެވޭތީ އެއްބާރުލުން ދިނުމަށް އެދިއްޖެ
Raajje

މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދިވެސް ފުރިހަމަ ނުކުރެވޭތީ އެއްބާރުލުން ދިނުމަށް އެދިއްޖެ

މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދިވެސް ފުރިހަމަ ނުކުރެވޭތީ އެއްބާރުލުން ދިނުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އެދިއްޖެ އެވެ. ބޯހިމެނުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްބީއެސް އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ބޯހިމެނުމުގެ ފީލްޑް މަސައްކަތް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ވެސް (28 ސެޕްޓެމްބަރު) ކުރިއަށް ގެންދެވޭނެ ކަމަށެވެ. މާލޭގެ ފީލްޑް މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވުނުއިރު، އަދިވެސް ބައެއް އިމާރާތްތަކަށާއި ދި...

ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް އެމްބީއެސްގައި ޚިދުމަތްދޭ ގޮތަށް ހަމަޖައްސައިފި
Raajje

ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް އެމްބީއެސްގައި ޚިދުމަތްދޭ ގޮތަށް ހަމަޖައްސައިފި

ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް މޯލްޑިވިއަން ބްލަޑް ސާރވިސަސް (އެމްބީއެސް)ގައި ތެލެސީމިއާ ކުދިން ބައްލަވަމުން ގެންދަވާ ގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން އިއްޔެއިން ފެށިގެން، ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލެސީމިއާ ކުދިން ބައްލަވަމުން ގެންދަވާނެ ކަމަށް އެމްބީއެސް އިން ވަނީ ބުނެފައެވެ. މި މަސައްކަތަކީ ތެލެސީމިއާ ކުދިން ފަރުވާ ހޯދަމުންދާއިރު، އެކަމުގެ ސަބަބުން ހުށަހެޅޭ އެހެނިހެން ބަލިތައް އަ...

އެމްބީއެސް އިން އާދޭހާއި އެކު އެދެނީ ލޭ ހަދިޔާ ކޮށްދިނުމަށް!
Raajje

އެމްބީއެސް އިން އާދޭހާއި އެކު އެދެނީ ލޭ ހަދިޔާ ކޮށްދިނުމަށް!

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އަނެއްކާ ވެސް އެދިއްޖެ އެވެ. އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ލޭ ހަދިޔާ ކޮށްދިނުމަށް އައުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށާއި، އެކަމުގައި އެހީތެރިވުމަށް އެމްބީއެސްއިން އެދިފައިވެއެވެ. https://thiladhun.com/27105 މިހިނގާ އޭޕްރިލް މަހުގެ […]