އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ކަރަންޓީނު ކޮށްފި އެވެ.
ޑރ ނަޒްލާ ކުރެއްވި ޓުވީޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. މިރޭ ކުރި ޓުވީޓެއްގައި ޑރ ނަޒްލާ ބުނެފައިވަނީ އާއިލާގެ ބޭފުޅަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިކަމަށެވެ.
ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވެފައިވުމުން އެޗްޕީއޭ ގެ ގަވައިދާއި އެއްގޮތަށް މިހާރު ހުންނެވީ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި ﷲ އިރާދަ ފުޅުން ހާލަތު ރަނގަޅު ކަމަށްވަނީ ވިދާޅުވެފައެވެ.
ކަރަންޓީނު ގައި ހުންނެވިޔަސް އެޗްއީއޯސީން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރި ވަމުން ދާނެކަމަށް ޑރ. ނަޒްލާ ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!