"އެގްރޯ ނެޓް" އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ.

ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެގްރޯ ނޭޝަނަލް ކޯޕޮރޭޝަންއަކީ، މައިގަނޑު މަސައްކަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އާލާކޮށް، ދަނޑުވެރިން އުފައްދާ އުފެންދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓަށް ވިއްކުމާއި، އަދި ދިވެހިރާއްޖޭގެ ފުޑް ސަޕްލައި ޗެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

Ad
rt

ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިޔަށް ގެންދިއުމުގެ މަޤްޞަދުގައި އެ ކުންފުނިން ދަނޑުވެރިކަމުގެ މަޝްރޫޢެއް ހިންގުމަށް ހަމަޖެހިފައިވާކަމާއި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދަނޑުވެރިކަމުގެ ފުއްދުންތެރިކަން އިތުރުކުރުމާއި ކާބޯތަކެތީގެ އެކަށޭނަ މިންވަރުތަކެއް ޔަޤީންކުރުމުގެ ވިސްނުން ފުޅާކުރުންކަމާއި މިގޮތަށް ކަންތައް ކުރެވޭނީ ދަނޑުވެރިންގެ މެދުގައި ތަނަވަސް ފުއްދުންތެރި އަދި ތިމާވެއްޓާއި ރަޙްމަތްތެރި ވިޔަފާރިކުރުމުގެ އުކުޅުތައް އާލާކޮށް އަދި ދަނޑުވެރި ވިޔަފާރިތަކަށް އައު ޖީލެއް ބިނާކުރެވިގެން ކަމަށާއި، މި މަޝްރޫޢު އެންމެ ފުރަތަމަ ހިންގުމަށް ހޮވާލެވުނު ރަށްތަކުގެ ތެރޭގައި ވައިކަރަދޫވެސް ހިމެނިފައިވާކަމަށް އެކުންފުނިން ވަނީ އަންގާފައިކަމަށެވެ.

މިހެންކަމުން އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން ކޮންމެ ދަނޑުވެރިއަކަށްވެސް އެ ކުންފުންޏާއި ގުޅިގެން ކޮންކްރެޓް ފާމިންގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ފޯރުކޮށް ދެވިގެންދާނެ ކަމަށާއި އަދި މިކަން ކުރުމަށްޓަކައި އެ ކުންފުނިން ވަނީ ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން 17 ބާވަތެއް މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ކަނޑައަޅާފައެވެ.

ވައިކަރަދޫ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ވައިކަރަދޫ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ކޮންޓްރެކްޓް ފާމިންގ ގެ ދަށުން މަސައްކަތް ކުރެވިގެންދާނެ ގޮތަކީ ދަނޑުވެރިކަންކުރާ ފަރާތާއި ކުންފުންޏާއި ދެމެދު އެއްބަސްވުމެއް ހެދި އެ އެއްބަސްވުމުގައިވާ ގޮތަށް އެފަރާތަކުން އުފެއްދުމަށް ކަނޑައެޅިފައިވާ ބާވަތް، އެއްބަސްވެފައިވާ ސައިޒުގެ ބިމެއްގައި އުފައްދާ، ކުންފުނިން ދީފައިވާ މުއްދަތުގައި އެތަކެތި ފޯރުކޮށްދިނުން ކަމަށާއި މި އުޞޫލުން މަސައްކަތް ކުރާއިރު އެއްބަސްވުމުގައިވާ ފަދައިންދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންވެސް އެ ކުންފުނިން ފޯރުކޮށްދެވޭނެ ކަމަށާއި އަދި މީގެ އިތުރުން ދަނޑުވެރިން އުފައްދާ ބާވަތްތައް އެ ކުންފުނިން ގަނެ މި ތަކެތި މާކެޓް ކުރުމަށްވެސް ވަނީ
ހަމަޖެހިފައިކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން މަސައްކަތްކުރާ ދަނޑުވެރިންގެ ތެރެއިން %40 އަކީ އަންހެންބޭފުޅުން ކަމުގައި ހެދުމަކީވެސް އެ ކުންފުނީގެ އަމާޒެއްކަމަށާއި އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުޞަތުތައް ފަހިކޮށްދީ، މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށާއި އަދި އެ ކުންފުނިން ކަނޑައަޅާފައިވާ 17 ބާވަތުގެ ތަރުކާރީއާއި މޭވާ ދިވެހިރާއްޖޭގައި ހައްދާ އެއިން މަންފާ ލިބޭފަދަ ވިޔަފާރިއަކަށް ހެދުމަށްޓަކައި މި ބާވަތްތައް ހައްދަން ބޭނުންވާނެ އެންމެ ކުޑަ ބިމުގެ ސައިޒު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށާއި، އެގޮތުން ކުންފުނީގެ އަމާޒަކީ އަމިއްލަ ގޯތިތަކުގައިވެސް މިގޮތަށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިގެން މަސައްކަތް ކުރުންކަމަށްވެސް އެކުންފުނިން އަންގަވާފައިވާކަމަށް އެކައުންސިލުން ހާމަކުރެއެވެ.

"އެގްރޯ ނެޓް" އާ ގުޅިގެން މި މަސައްކަތް ކުރުމަށް ބޭނުންވެ ލައްވާ ފަރާތްތަކަށް އެ ފުރުޞަތުވަނީ ހުޅުވާލެވިފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2020 އޮގަސްޓް 23 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ބޭފުޅެއްގެ އައިޑެންޓިޓީ ކާޑު ހިއްޕަވައިގެން އެ އިދާރާއަށް ދުރުވެ ނަން ނޯޓްކުރެއްވުން އެދިފައިވެއެވެ.

އެގްރޯ ނެޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.