ހަމައެކަނި އަވިން އުފައްދާ ކަރަންޓު ބޭނުންކުރާ އަވަށެއް

photo_2020-08-14_11-54-45

މޮރޯކޯގެ ސަނީ އެޓްލާންޓިކް ކޯސްޓް ކައިރީގައި އޮންނަ އިދް ޖަހްދީ ނަމަކަށް ކިއާ އަވަށަކީ ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ އެފްރިކާ ބައްރުގެ ފުރަތަމަ އަވަށެވެ.

ބައިނަލްއަގުވާމީ ހަކަތައާއި ބެހޭ އެޖެންސީ (އައިރީނާ)އިން ހާމަކޮށްފައި ވާގޮތުގައި ހަމައެކަނި އިރުގެ ހަކަތަ ބޭނުން ކޮށްގެން މުޅި އެފްރިކާ އަށް ކަރަންޓުގެ ހިދުމަތް ދެވޭނެ ޤާބިލުކަން އެފްރިކާގައި އެބަހުއްޓެވެ. ނަމަވެސް މިކަންކުރުމަށް އެގައުމުތަކުގައި އިމާރާތްތަކާއި މަގުތަކާއި އިތުރު ޕަވަރ ސްޕްލައި ގިނަކުރަން ޖެހޭކަމަށެވެ.

މޮރޮކޯއިން އަންނަނީ އެގައުމުގައި އަވިން ހަކަތަ އުފެއްދުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތު އެގައުމުގައި ބޭނުންކުރެވޭ %35 ހަކަތައަކީ އިޔާދަކުރަނިވި ހަކަތައެވެ. އަދި 2030 ވަނަ އަހަރުގެ ކުރިން މިއަދަދު %52 އަށް އިތުރުކުރުމަކީ އެގައުމުގެ ލަނޑުދަނޑިކަމަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނޭރޖީ އެޖެންސީ ( އައިރީނާ) އިން ހާމަކުރެއެވެ. އައިރީނާގެ ޑައިރެކްޓަރ ފްރާންސެސްކޯ ލަ ކެމެރާ ބުނެފައިވަނީ މޮރޮކޯއަކީ އިޔާދަކުރަނިވި ހަކަތައިގެ ލީޑަރެއްކަމަށެވެ.

 

މޮރޮކޯއަށް އަވިން ހަކަތަ އުފެއްދުމަށް ކްލީނަރޖީ ކުންފުނިން މަސައްކަތް ފެށިއިރު އެމީހުން ބޭނުންވީ ހުރިހާ ދަތިތަކަކާއި ކުރިމަތިލަމުންދާ އަވަށެއް ހޯދުމަށްކަމަށް އެކުންފުނީގެ ބާނީ މުޙައްމަދު ލަސްރީ ވަނީ ބުނެފައެވެ. އަވިން ހަކަތަ އުފައްދާ ކަރަންޓުގެ ހިދުމަތް އެއަވަށަށް ދިނުމުގެ ކުރިން އެވަށުގެ ރައްޔިތުން އުޅެމުންއައީ 1 ގަޑިއިރަށް އުއްބައްތިއެއް ދިއްލައިގެން އަލިކަން ހޯދައިގެންނެވެ. އެއީ އެ އެއަވަށުގެ ކުދިން ކިޔެވުމަށް އަދި މަސައްކަތް ކުރުމަށް ހޭދަކުރާ ވަގުތުކޮޅެެވެ. އެއަވަށުމީހުން ކައްކާ އުޅުނީ ދަރު އަންދައިގެންނެވެ. އަދި އެވަށުގެ ރައްޔިތުންނަށް ވަނީ ފެންލިބުމުގެ ދަތިކަންވެސް އިންތިހާއަށް ފޯރާފައެވެ.

މިޕްރޮޖެކްޓަށް 188،000 ޑޮލަރުވަނީ ހޭދަކޯށްފައެވެ. މިޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ އެއަވަށުގައި ފެންޓަވަރެއް ބިނާކޮށް ފެނުގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. އެއަށްފަހު 32 ސޯލާ ފޮޓޯވޯލްޓައިކް ޕެނަލް ހަރުކުރުމަށްފަހު 8.32 ކިލޯވޯޓުގެ ކަރަންޓު އުފައްދާ ކަރަންޓުގެ ހިދުމަތް މިނީ ގްރިޑެއްގެ އެހީގައި ދޭންފެށިއެވެ.

ހަކަތައުފައްދާ ސްޓޭޝަންގެ ހިދުމަތް 20 ގެއަކަށް ދީ 50 ވަރަކަށް މިހުންނަށް ހިދުމަތް ދޭންފެށިއެވެ. އަދި ކޮންމެ ގެއަކަށް ފްރިޖަކާ، ވޯޓަރހީޓަރަކާއި، ޓީވީ، އަވަން ގެ އިތުރުން ތަފާތު ކަރަންޓު ސާމާނު ޗާރޖުކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދިނެވެ. މިއަވަށުގައިވާ ހަކަތަ ނެޓްވޯރކުން ގާތްގަނޑަކަށް 5 ގަޑިއިރު ބޭނުންކުރެވޭ ވަރަށް ކަރަންޓު އުފެއްދުނެވެ.

މިޕްރޮޖެކްޓަށް އެހީވެފައިވާ ފަރާތްތަކުގެ ތެރޭގައި މޮރޮކޯގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ގްރީން ޓެކް ކުންފުންޏަކާއި އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕެޓިޓް އޮލިވަރ ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *