އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުން އެބަދޭ، 24 މަޝްރޫޢެއް ފަށަނީ

photo_2020-08-04_07-27-08

މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ  ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން  އާޒިމް ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު އެ ކުންފުނީގެ މަސައްކަތްތަކަށް ވެސް ކޮށްފައިވާ ކަމަށެވެ.

މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، މިގޮތުން ފާއިތުވެދިޔަ ކުއާޓާގައި 14 މަޝްރޫޢެއް ނިންމައި އިތުރު 8 މަޝްރޫޢެއް ފެށިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދާ ށ. ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން

އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏަކަށްވެފައި އެކިއެކި ރަށްރަށުގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ކޯވިޑް-19 ގެ ބަލިޑުކަމުން މުވައްޒަފުން ސަލާމަތް ކުރުމަށް ވެސް އެ ކުންފުނިން ވިސްނައި ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މިހާރު ޢަމަލީ މަސައްކަތް ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން 24 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫޢުތަކަށް ބޭނުންވާ މޮބިލައިޒޭޝަންގެ ކަންކަން މިހާރު ވެސް ކުރިއަށްދާއިރު، ބައެއް މަޝްރޫޢުތަކުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއިން ކުރަމުން އަންނަ ގދ. މާވަރުލު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން،މިހާރު ވަނީ ބިލްޑިންގ ފޭސް2 ގެ މަސައްކަތް ނިންމާފައި

އެމްޓީސީސީން އަލަށް ފެށުމަށް ތައްޔާރުވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޢުލޫމާތި ހިއްސާކުރަމުން އާޒިން ވިދާޅުވެފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ކ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތާއި ތ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތާއި އަދި ނ. އަތޮޅުގައި ވެސް ބަނދަރު ހެދުމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން ކުރިއަށްގެންދާ މި ދަނޑިވަޅުގައިވެސް ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެކުންފުނިން އަޅަމުންދާނެކަމަށެވެ. އަދި ސައިޓުތަކުގައާއި ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތުވެސް ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ގާތުން ބަލަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި