ޤައުމީ ދިދަ ކުނިތަކުގެ ތެރެއަށް އެއްލާނުލުމަށް ވެމްކޯއިން އިލްތިމާސް ކޮށްފިއެވެ.
އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަންމުން ވެމްކޯއިން ބުނެފައިވަނީ ޤައުމީ ދިދަ ކުނިތަކުގެ ތެރެއަށް އެއްލާލާފަ އޮންނަ މަންޒަރަކީ ވަރަށް ހިތްދަތިވާ މަންޒަރެއް ކަމަށެވެ.
ވެމްކޯގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެންމެ ހިތްދަތިވާ މަންޒަރަކީ އަޅުގަނޑުމެންގެ ލޮބުވެރި ދިވެހި ދިދަ މަގުމަތިން ނަގަން ޖެހޭ ވަގުތު. މިހެން އަޅުގަނޑުމެން އަމަލު ނުކުރަމާތޯ؟
ވެމްކޯގެ އިލްތިމާސް މެސެޖުގައި ބުނެފައިވެއެވެ.
ވެމްކޯގެ ޑިއުޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަލީ ޔޫޝައު ބުނެފައިވަނީ މަސައްކަތްކުރާއިރު އެންމެ ހިތްދަތިކޮން ފެންނަ އެއްމަންޒަރަކީ އަޅުގަނޑުމެންގެ ޤައުމީ ދިދަ ކުނިތަކުގެ ތެރެއަށް އެއްލާލާފަ އޮންނަ މަންޒަރު ކަމަށެވެ.
އަޅުގަނޑަކަށް ނުކެރޭ ޤައުމީ ދިދަ ނަގާ ޑަސްބިނަށްލާ އެއްލާލާކަށް، އަޅުގަނޑުގެ ހުރިހާވެސް އިލްތިމާސް އަކީ ޤައުމީ ދިދަ އެއްލާ ނުލައްވާށޭ، ޤައުމީ ދިދައަށް ހުރުމަތްތެރިކޮން ހިއްތަވާށޭ،
މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަންމުން ާ އަލީ ޔޫޝައު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!