ހއ. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ބ. އޭދަފުށީގެ މަގުތަކުގެ 79 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީއިން ބުނީ ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް 12 ޖުލައި 2020 ގައި އެރަށުގައި ފަށާފައި. ވާކަމަށެވެ.

Ad
rt

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީއާއި ހަވާލު ކޮށްފައި ވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢަށް 2,530,011.82 ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީއިން ބުންޏެވެ.

ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ 79 ޕަސެންޓް މަސައްކަތްވެސް އެ ކުންފުނިން ނިންމާފައި ވާއިރު، މި މަޝްރޫޢުގެ ތެރެއިން ސްޓޯރމް ވޯޓަރ ނެޓްވަރކް ގާއިމް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލެޔަރ އެޅުމުގެ މަސައްކަތުގެ 64 ޕަސެންޓް މިހާރު ނިމިފައި. ވާކަމަށް އެމްޓީސީއިން ބުންޏެވެ.

މި މަޝްރޫޢޫގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫޢަކީ 38.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.

އެމްޓީސީސީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.