ހއ.ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރުގެ ބަނދަރެއް ކެލާގައި ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން، 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއިއެކު 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ނޭޝެނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރާކްޗަރ އާއި އެމްޓީސީސީ އާއި ދެމެދު ސޮއިކޮށްފައިވަނީ 30 ޖުލައި 2019 ގައެވެ.

Ad
rt

ނޭޝެނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރާކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮއްގެން ހިންގި މިމަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 13 ސެޕްޓެންބަރު 2019 ގައެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ 410 ދުވަހުގެ މުއްދަތެކެވެ.

އެމްޓީސީސީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ބިންހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގަމުނެވެ. އެގޮތުން ތިލަދުންމަތީގައި ހއ.ހޯރަފުށި ، ހއ.އިހަވަންދޫ ، ހއ.ކެލާ ، ހދ. ހަނިމާދޫގެ އިތުރުން ހދ. ނެއްލައިދޫގައި ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ބާރަށް ކުރިޔަށް ދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.