ބަނބުކެޔޮ މޫސުން ލައިގެންފައިވާ މިދުވަސްވަރު ބަނބުކޭލުން އަނެއްކާވެސް ތަފާތު ކާނާގެ ބާވަތެއް ތައްޔާރު ކޮށްލައި، އަޖުމަ ބަލައިލުން ކިހިނެއް ވާނެ ހެއްޔެވެ؟

ކުރީ ހަފުތާއެއްގައި ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަހުމަދު ވަނީ ބަނބުކޭލުގައި "ކަނޑު ކުކުޅު" ތައްޔާރު ކުރާނޭގޮތް ކިޔައިދީފައެވެ. މިފަހަރު ވަރުދާ މި ކިޔައިދެނީ ބަނބުކޭލުގައި "ކަންނެތް ދެލޮނު" ތައްޔާރު ކުރާނެ ގޮތެވެ.

Ad
rt

ބަނބުކޭލުގައި "ކަންނެތް ދެލޮނު" ތައްޔާރު ކުރާނެ ގޮތް

ބޭނުންވާ ތަކެތި

  • 1 ބަނބުކެޔޮ
  • 1 ގަނޑު ވަޅޯމަސް
  • 1 ގިތެޔޮ މިރުސް
  • 4 ހިކި މިރުސް
  • 1 މޭޒުމަތީ ސަމުސާގެ ރާޅު އަސޭ މިރުސް
  • 1 މެޒުމަތީ ސަމުސާ ނުމުގުރާ ދިރި
  • ތައްޔާރު ކުރާނެ ގޮތް
  • 4 ރާނބާ ފަތް،
  • ހިކަނދިފަތް
  • 1 ފިޔާ
  • 4 ލޮނުމެދު

ތައްޔާރު ކުރާނެ ގޮތް

ބަނބުކެޔޮ ތޮށި މަށާލުމަށް ފަހު ރިހަ ކައްކަން ކޮށާހެން ކޮށައިލާށެވެ. ދެން ރަނގަޅަށް ދޮވެލުމަށްފަހު ކައްކަން ބޭނުން ކުރާ ތެއްޔަށް ނުވަތަ ތާހަށް އަޅައި ލާށެވެ.

ދެން ކައްކަން ބޭނުން ކުރާ ތެލި ނުވަތަ ތާސް ތެރެއަށް ވަޅޯ މަސް ކޮށާފައި އަޅައިލާށެވެ. ދެން ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ހިކިމިރުސް ކޮށައިލުމަށްފަހު އަޅައިލާށެވެ.

އޭގެ ފަހުން ހިނކަނދި ފަތްކޮޅާއި، ރާނބާ ފަތްކޮޅު ކޮށައިލުމަށްފަހު ކައްކަން ބޭނުންކުރާ ތެލި ނުވަތަ ތާސް ތެރެއަށް އަޅައިލައި، ރަހަ ހެޔޮވާވަރަށް ލޮނުކޮޅެއް އަޅައިލާށެވެ. އެއަށް ފަހު 3 ޖޯޑު ފެން އަޅައި، މަޑު ގިނީގައި ބަނބުކެޔޮތައް މަޑުވަންދެން ކައްކައިލާށެވެ.

ބަނބުކެޔޮތައް މަޑުވުމުން ދިރި ކޮޅު އެއް އަތް ތިލައިގެ ތެރެއަށް އަޅައި، ދެއަތުން، ދެއަތް ދެއަތަށް ރަނގަޅަށް އުނގުޅައިލާށެވެ. ދެން ދިރިކޮޅާއި، އަސޭ މިރުސްކޮޅު ކައްކާފައި ހުރި ބަނބުކެޔޮ ތެރެއަށް އަޅައި، ރަނގަޅަށް އެއްކޮށްލާފައި ލޮނު ހެޔޮވަރު ކޮށްލުމަށްފަހު އުނދުން މަތިން ބައިލާށެވެ.

މިހާރު ތިހިރީ ބަނބުކޭލު ކަންނެތް ދެލޮނު ތައްޔާރު ކޮށްލެވިފައެވެ. ކަންނެތް ދެލޮނަކީ ވަރަށް ކުރީންސުރެ ބަނބުކޭލުގައި ތައްޔާރު ކުރަމުން އަންނަ ކާނާގެ ބާވަތެކެވެ. ފޮނި ބަތްޕެނާއި، ބޮނޑިބަތާއި އެކު ކެއުމަށް ކަންނެތް ދެލޮނު ވަރަށް ފައްކާވާނެއެވެ.

ހުނިލީ ރޮށްޓާއި އެކު ކެއުމަށްވެސް ކަންނެތް ދެލޮނަކީ މަރެއް ފަދަ ކެއުމެކެވެ. އެކި ރަށްރަށުގައި، އެކި ސަރަޙައްދު ތަކުގައި ތަފާތު ނަން ބޭނުން ކުރި ނަމަވެސް، މިހާރުވެސް ރާއްޖޭގައި ކަންނެތް ދެލޮނު ހަދާނެކަން ގައިމެވެ.

އަޖުމަ ބަލައިލަން މިއީ ތައްޔާރު ކޮށްލަން ވަރަށް މީރުވާނެ ކެއުމެކެވެ.