ސިނގިރެޓް ބޯ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާ އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު %20 އިތުރު!!

މިއީ ސިއްޙީގޮތުން އާންމުން ހޭލުންތެރި ކުރެއްވުމަށް މީސް މީޑިއާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތައް ދެއްވަމުން ގެންދަވާ ޑރ. މުޙައްމަދު ޢަލީ މިދުވަސްވަރު "ސިނގިރެޓަށް ނޫނެކޭ ބުނަމާ!" މިމަޢުލޫއަށް ގެނެސްދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން ކުޑަ ބަސްކޮޅެކެވެ.

Ad
rt

ސިނގިރޭޓު ބުއިމާއި އެކަމުގެ ހުރި ގެއްލުންތައް ބަޔާންކޮށްދެމުން މުޙައްމަދު ޢަލީ އިތުރަށް ބުނެފައިވަނީ ދުވަހަކުވެސް ސިނގިރެޓް ނުބޯ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމަކީ އެހާ މަދުން ދިމާވާ ކަމެއް ނޫންކަމަށެވެ.

އަހަރަކު ގައިގަނޑަކަށް 30000 މީހުން ފުއްޕާމޭގެ ކެންސަރުގައި މަރުވޭ! އޭގެތެރެއިން 7300 މީހުންނަކީ އެެހެން މީހުން ބޯ ސިނގިރެޓްގެ ދުމުގެ އަސަރު ފުއްޕާމެއަށް ކޮށްފައިވާ މީހުން

ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހެއް ކަމުގައިވީނަމަވެސް ދުންފަތުގެ އިތިޢުމާލުކުރާމީހުންނާއި އެކު އުޅޭނަމަ އެކަމުން ކުރާ ނޭދެވޭ އަސަރު ބަޔާންކޮށްދެމުން ޑރ. މުޙައްމަދު ޢަލީީ ބުނެފައިވެއެވެ.

މީގެ އިތުރުން ކެންސަރާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ހުރި ގުޅުން ބަޔާންކޮށްދެމުން ޑރ. މުޙައްމަދު ޢަލީ ބުނެފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އެއް ކެންސަރަކީ ފުއްޕާމޭގެ ކެންސަރުކަމަށާއި ފުއްޕާމޭގެ ކެންސަރުގެ އިތުރުން، އަދި އެތައްބައިވަރު ކެންސަރެއް ސިނގިރެޓުން ޖައްސާކަމަށެވެ.

ސިނގިރެޓް ބޯ ބޭފުޅުންގެ އިތުރުން އޭގެ ދުން ފުއްޕާމޭގެތެރެއަށް ވަންނަ ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނޭކަމަށާއި މާނައަކީ ސެކަންޑްހޭންޑް ސުމޯކުންވެސް ކެންސަރުޖެހޭކަމުގައި ޑރ. މުޙައްމަދު ޢަލީ ގެ މެސެޖުގައި ބުނެފައިވެއެވެ.

ވަރަށް ގިނައިން ބަލިމީހުން ވިދާޅުވާނެ “އަޅުގަނޑު ދުވަހަކުވެސް ސިނގިރެޓެއް ނުބޮން ނަމަވެސް އަޅުގަނޑުގެ ފިރިމީހާ އަކީ ދުވާލަކު 2 ފޮށި ސިނގިރެޓް ބޯ މީހެއް!” އެކި ބޭފުޅުންނަށް ކެންސަރު ޖެހޭ % ތަފާތު ވެދާނެ، ނަމަވެސް އޭގެ މާނައެއް ނޫން “އަހަރެން ތި ބޯތާ 30 އަހަރު، އެއްގޮތެއްވެސް ނުވޭ!” މިހެން ކިޔާފަ ކުރިއަށް ގެންދަވާށެކޭ!

ޑރ. މުޙައްމަދު ޢަލީ ބުނެފައިވެއެވެ.

މި މެސެޖުތައް ނިންމާލަމުން ޑރ. މުޙައްމަދު ޢަލީ އެދިފައިވަނީ ސިނގިރެޓް ބުއިމަށް މަގުފަހިކޮށް ނުދެއްވުމަށެވެ. ހުއްޓާލުމަށް މަގުފަހި ކޮށްދެއްވުމަށެވެ.