ވީއެސްއާރްސީ ވޮލީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި
ހދ. ފިނޭގެ އަމިއްލަ ޖަމުއިއްޔާ އެއް ކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރު ނުބާއްވަން އެ ޖަމުއިއްޔާއިން ނިންމައިފިއެވެ. އެ ޖަމިއްޔާގެ ރައީސް މުޙައްމަދު ޝިހާމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމުންނާއި ކަމާބެހޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ނޫޅުމަށާއި ޢިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިލްތިމާސްކ...