އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ހުޅުމާލޭ އައުޓްލެޓްގެ ޚިދުމަތް އަލުން ފަށައިފި

photo_2020-06-22_07-01-22

ކޯވިޑް-19 ގެ ސަބަބުން ވަގުތީ ގޮތުން ބަންދު ކުރި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ހުޅުމާލޭ އައުޓްލެޓްގެ ޚިދުމަތް އަލުން އިއްޔެ ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ބުނީ އެތަނުގެ ހުޅުމާލޭ އައުޓްލެޓް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް،  މެންދުރު 1:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 9:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ސަރަޙައްދުގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން ބަންދު ކުރި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ޚިދުމަތްވެސް ވަނީ ޖޫން 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ.

އެސްޓީއޯގެ ފިހާރަތަކުން ޙިދުމަތް ހޯދަން ވަޑައިގަންނަވާއިރު، ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އައިސްފައިވަނީ އޮންލައިންކޮށް ވެބްސައިޓުން އޯޑަރު ނެގުމަށްފަހު ޑެލިވަރީ ކޮށްދީގެންނެވެ.

އެސްޓީއޯއިން ވަނީ އެސްޓީއޯ ގެ ކާޑު އެޖެންޓުންނަށް އީ-ސްޓޯރ މެދުވެރިކޯށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭ ގޮތްވެސް ހަދާފައެވެ. މާލެއެކޭ އެއް އަގެއްގައި ރަށްރަށަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ކާޑު އެޖެންޓުން ތިބެއެވެ.

އެސްޓީއޯއިން އެކުންފުނީގެ ޚިދުމަތްދޭ ތަންތަން މިހާރު އާންމުކޮށް ހުޅުވާލާފައި ވާއިރު، އެސްޓީއޯގެ ފިހާރަތަކުން ލިބެން ހުންނަ ތަކެތި ފަސޭހަކަމާއި އެކު އޮންލައިންކޮށް ގަނެވޭ ޕްލެޓު ފޯމް އީ-ސްޓޯރގެ ޚިދުމަތްވެސް ދަނީ ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި