ހއ. މާރަންދޫ ޔޫތު ސޮސައިޓީއިން ދެމުން އަންނަ ކޭބަލް ޓީވީގެ ޚިދުމަތުން 1 މަސްދުވަހުގެ ފީ ހިލޭކޮށްދީފިއެވެ.

އެ ސޮސައިޓީޢިން ބުނެފައިވަނީ ކޯވިޑް 19 ގެ ސަބަބުން މާރަންދޫގެ ލޮބުވެތި ރައްޔިތުންގެ
ޢާމްދަނީއަށް ވެސް ނޭދެވޭ އަސަރުކޮށްފައި ވާކަމަށް މިޖަމާޢަތަށް ފާހަގަކުރެވިފައި ވާތީވެ، 3 ޖޫން 2020 ން ފެށިގެން 1 މަސްދުވަހަށް، މިޖަމާޢަތުން ފޯރުކޮށްދެމުންދާ ކޭބަލް ޓީވީގެ ޚިދުމަތުން
320 ރުފިޔާގެ ޕެކޭޖާއި ހަމައަށް ހިލޭ ދޭގޮތަށް ވަނީ ނިންމާފަކަމަށޭވެ.

Ad
rt

މާރަންދޫ ޔޫތު ސޮސައިޓީގެ ބެލުމުގެ ދަށުން ހިންގާ މާރަންދޫ ޔޫތު ކޯޕަރޭޝަން ކުންފުނީގެ ކޭބަލްޓީވީ ސާރވިސްގެ ޙިދުމަތް ޑިޖިޓަލް ކޮށްފައިވަނީ 2016 އަހަރުއެވެ. މިޙިދުމަތް ޑިޖިޓަލް ކުރުމަށްފަހު މިހާރު މިޙިދުމަތް ދެމުން ގެންދަނީ މީޑިޔާނެޓްއާއި ގުޅިގެންނެވެ.

މާރަންދޫ ޔޫތު ސޮސައިޓީ ފާހަގަކޯށްލެވެނީ މާރަންދޫގައި އިޖްތިމާއީ އަދި ކުޅިވަރުގެ ރޮގުން ޚިދުމަތް ކުރުމުގައި ފާހަގަ ކޮށްލެވޭ ޖަމިއްޔާއެއްގެ ގޮތުގައެވެ. އަދި އަތޮޅުގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ޖަމިއްޔާއެކެވެ. އެޖަމއްޔާ އުފެއްދީ 2005 ވަނަ އަހަރުގައެވެ.