ގިނަ މީހުންނަކީ އާންމުގޮތެއްގައި ސައިހޮޓާ ތަކާއި ރެސްޓޯރެންޓްތައް ކުޑަ ކޮށްފައި ކައިގެން ފުއްދާލާ މީހުންނެއެވެ.

އެއިރުގެ އާންމު ހާލަތު މިހާރު މިއޮތީ ބޮޑުތަނުން ބަދަލުތައް ގެންނަންޖެހިފައެވެ ކޮވިޑާއި ގުޅިގެން އާއިލާގެ އެންމެން އެއްތަށިމަތިން ތިންއިރު ކާނެ ވަގުތު ވަނީ ލިބިފައެވެ

Ad
rt

ކުޑައިރު އާއިލާއެންމެން އެއް ބަދިގެއަކުން އެއް ކާގެއަކުން އެއް ސުފުރާތަކަށް އިންސާފުކުރި މަޖާ ރުޅިގަނޑުއަލުން ބަލާލުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ .

ހަޑުލުގުޅައެއް ކާލިޔަސް ހުނި ރޮއްޓެއް ކާލިޔަސް ދުފާތަބަށް އުނގަށް ލާހެން ސައިކުރާ އާއި ސައި ތަރުމޯޒް އުނގަންލީ މީހުންނަށް އަދިވެސް ސައިފޮދެއް ނެތިއްޔާ އެއްޗެއް ދިރޭ ކަމަކަށް ނުވެއެވެ.

ކަޅުސައިތައްޓެއް ނެތިއްޔާ އަރުތެރެއަށް ކާ އެއްޗެއް ދާކަމަކަށްނުވެއެވެ. ފެންފޮދަކާއި އެކު މެންދުރު ކެއުން އިންސާފު ކުރަން ޖެހިއްޖެނަމަ އެދުވަހު ހަތަރުދަމު ވަޔަށް ހުސްގޮހޮރު ތެޅޭނެއެވެ.

ބުއިމަކަށް ޖޫހެއް ހުރިއްޔާ ތުންފިއްތާ މުޅި ސުފުރާމަތި ގުޑުގުޑު އަޅުވާނެއެވެ. އޭގެ މާނައަކީ އޭނައަށް ޖޫސްތަށީގެ ބަދަލުގައި ސައިތައްޓެއް ހުރުން މުހިއްމު ވީ އެވެ.

ކަޅުސައި އެހާގަޔާވާ ބުއިމަކަށްވާ މީހުން ގިނައީއެވެ. ބޮޑަށް ހޫނުވެ އާވި ތަށިން އަރާނަމަ އެދުވަހުގެ ކެއުން އެހުރީ ސަތޭކަގައެވެ. އެއްވެސް ސަކުވާއެއް ނެތި އަވަހަށް ބަނޑުފުރާ މުއްތި ކޮށްގެން ދާނެއެވެ

އެހާބޮޑަށް ކަޅުސަޔާއި ދިވެހިންގެ ނާރާއި ގުޅޭއިރު ވެސް ހަކުރު ނާޅައި ސައި ބޯ މީހަކު މަދު ވާނެއެވެ. ސައިތަށީގެ ފޮނިރަހަ މަޑުވެގެން އިތުރު ސަމުސަލެއް އަޅައިގެން ވިޔަސް އެދުވަހުގެ ކެއުން އިންސާފު ކުރާނެއެވެ

އަނެއް ބަޔަކީ ކާ އެއްޗެހި ނެތަސް ދޭތެރެއަކުން ކަޅެއް ޖަހާލާ މީހުންނެއެވެ. އަނެއް ބަޔަކު ހޮޓަލަށް ވަދެ ކަޅެއް ޖަހާލައެވެ.

މި ލޮކްޑައުންގައި އެންމެ އަވަހަށް ހުސްވަނީ ސައި ކަމަށް ބައެއް ފަރާތްތަކުން ބުނަނީ އެހެންވެއެވެ.

ހަމަ ސައިތައްޓެއް ނެތިއްޔާ ކެވޭގޮތް ނުވާ ދިވެހިން ގިނައީއެވެ.