މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މިބަދަލާއި އެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ 2021 ވަނައަހަރުގެ މޭ/ޖޫން ގައި ކަމަށްވެސް އެޑިޔުކޭޝަނުން ބުނެފައިވެއެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާދަރިވަރުންނާއި އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ،ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ވަނީ ނިންމާފައި ވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއިން ބުނީ މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ
މަސައްކަތް ކުރެވެމުން ދާކަމަށާއި، އެ މަޝްވަރާ ތަކަށްފަހު އެކަޑަމިކް ކަލަންޑަރަށްގެނެވޭ ބަދަލުތައް ލަސްތަކެއްނުވެ އިޢުލާނުކުރެ ކަމަށެވެ.

ކޯވީޑްގެ ސަބަބުން މިވަގުތު ސްކޫލްތަކުގެ ކިޔެވުން އޮތީ މެދުކަނޑާލާފައިއެވެ.

.