ރަމަޟާން މަހަށް އަރަބި ޤައުމު ތަކުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރުގެ ތެެރެއިން ށ. މާއުނގޫދޫއަށް ލިބުނު ކަދުރު، މާލެ ފުރަބަންދު ވެފައިވާތީ އެ ރަށަށް ގެންދެވޭނެ ގޮތެއް ނެތިފައިވަނި ކޮށް، އެ ރަށަށް ނިސްބަތްވާ ފުލުހެއްގެ އެހީތެރިކަމާއި އެކު އެރަށަށް ގެންގޮސްފިއެވެ.
އެކަމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރެވިފައި ވާތީ 1441 ވަނަ އަހަރުގެ ރަމަޟާން މަހަށް އަރަބި ޤައުމު ތަކުން ހަދިޔާ ކުރި ކަދުރާއި ހަވާލުވުމަށް މިޙާލަތުގައި މާލެއިން ފޮނުވޭނެ ފަރާތެއް ނެތުމުން، ކަދުރާއި ހަވާލުވެ ބޯޓައް އަރުވައި ދިނުމަށް މާލޭގައި ދިރިއުޅޭ
ރ.މާއުނގޫދޫގެ ފުލުހުންގެ އަރިހުން އެދުމުނުކަމަށެވެ.
އެކައުންސިލުން އެދުނުނު އެދުމަށް އެކަމާއި ހަވާލުވެ އެ މަސައްކަތް ކޮށްދެއްވީ އެރަށަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ ށ. މާއުނގޫދޫ ނިވާދޮށުގެ
އިސްމާއިލް ޝަރީފް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެން ކަމުން އެކައުންސިލުން އެދުނުނު އެދުމަށް އެކަމާއި ހަވާލުވެ އެ މަސައްކަތް ކޮށްދެއްވި ކަމަށްޓަކާއި އެ ފުލުސް އޮފިސަރަށް މާއުނގޫދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށް މާއުނގޫދޫ ކައުންސިލުން ވަނީ ބުނެފައެވެ.
1441 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަދުރު ހަދިޔާކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުންނެވެ.
މާއުނގޫދޫއިން ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް މިހާތަނަށް 10 މީހެއްގެ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 5 މީހުންގެ ސާމްޕަލް ލިބުނުއިރު، އެ ފަސް މީހުންގެ ސާމްޕަލްތައްވެސް ވަނީ ނެގެޓިވް ވެފައެވެ. އަނެއް 5 މީހުންގެ ސާމްޕަލް ރޭ މެންދަމު 2:45 އާއި ހަމައަށް އަދި ލިބިފައި ނުވާކަމަށް މާއުނގޫދޫ ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!