ވެލާ ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އަދި މުވައްޒަފުންނަށް އެންމެބޮޑު ސާވިސްޗާޖެއް ދެމުން އަންނަ ރިސޯޓެކެވެ. މުވައްޒަފުންގެ ކަންކަމުގައި ނަމޫނާ ދައްކަމުން އަންނަ ރިސޯޓެކެވެ.
ކޯވިޑް19 ގެ ރާޅު ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިންދާލުމާއިއެކު އެންމެ ބޮޑު ލޮޅުމެއްއައީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ރިސޯޓުތައް ބަންދުކުރަން ޖެހުމާއި އެކު މުވައްޒަފުންގެ މުސާރަ ކުޑަކޮށް ނޯޕޭއަށް ފޮނުވާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެހެންނަމަވެސް، ވެލާ ރިސޯޓުން ނިންމީ މި ހާލަތުގައި މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑު ކުރުމަށެވެ. ވެލާ ރިސޯޓުން ނިންމާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުގައި މިވަގުތު ތިބި ހުރިހާ މުވައްޒަފުންނަށް މުސާރަ އާއި ސާވިސްޗާޖު ދީ، ރިސޯޓުގައި ނެތް މުވައްޒަފުންނަށް، މުސާރަ އާއި އެކު ޚާއްސަ އެލަވެންސެއް ދިނުމަށެވެ.
މުވައްޒަފުންގެ ކަންތަކުގައި އުމުރު ދުވަހު ރިސޯޓުތަށް ހިންގަމުންއައި މަހުޖަނުންނަށް މިސާލު ދައްކަމުން ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީ ވެދޭން ބައެއް ސާމާނު ހަދިޔާ ކުރަން އެރިސޯޓުން ވަނީ ނިންމާފަ އެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ތަކެތި މިއަދު ގެންނާނެ ކަމަށް އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
ވެލާގެ ހިއްސާދާރުން ހަދިޔާކުރާ ތަކެތި
- 10،000 ޓެސްޓް ކިޓު
- 5 ވެންޓިލޭޓަރު
- 100،000 ފޭސް މާސްކް
- 200 ރެސްޕިރޭޓާ
- 500 ޕީޕީއީ ކިޓް
މި ތަކެތި ގެންނަނީ އެ ރިސޯޓުގެ ހިއްސާދާރުން ކަމުގައިވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީ ވަޑައިގަންނަވާ ޕްރައިވެޓް ދެ ޖެޓުގަ އެވެ.
ވެލާ ރިސޯޓުގެ ހިއްސާދާރުން ހަދިޔާ ކުރައްވާ ތަކެތި ހިފައިގެން އަންނަ ޖެޓުތަކުގައި އެ ބޭފުޅުންގެ އިތުރުން އެހީތެރިން ވެސް އާދެ އެވެ. އެކަމަށް ބޭނުންވާ ހުއްދަތައް މިހާރު ނަގާފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރި ޖުމްލަ އަދަދު 500 އާއި މިވަނީ ކައިރިވެފައެވެ. މި ވައިރަހަށް ރެންޑަމް ޓެސްޓިންވެސް ކުރަމުން އަންނައިރު، ގިނަ މީހުން ޓެސްޓު ކުރުމަށް ވީހާ ވެސް ގިނަ ޓެސްޓު ކިޓު ރާއްޖެއަށް ބޭނުންވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!