މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމް.ޑީ.ޕީ) ގެ ޓިކެޓުގައި ހދ. ހަނިމާދޫ ކައުންސިލަށް ވާދަކުރާ ހުސްނުބާން އަބްދުލް ރަހުމާން ނިޔާވެއްޖެ އެވެ.
ހުސްނުބާން ނިޔާވެފައި ވަނީ ކުޑަދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހު 01 މެއި 2020 ވީ ހުކުރު ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީ ޓިކެޓް ލިބިފައިވާ ހުސްނުބާން ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ތައުޒިޔާ ކިޔައި އަދި އެ ހިތާމާގައި ބައިވެރިވެ އެމް.ޑީ.ޕީންވަނީ ޓުވީޓެއް ކޮށްފައެވެ. އެޓުވީޓުގައި ބުނެފައިވަނީ މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުންއެދި ދުއާކުރާ ކަމަށެވެ.
އެމް.ޑީ.ޕީގެ ޓިކެޓް ލިބިފައިވާ ހުސްނުބާން ނިޔާވުމާއި ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމދު ނަޝީދު ވެސްވާނީ އެ ހިތާމާގައި ބައިވެރިވެފައެވެ. އެ މަނިކުފާނު ކުރެއްވި ޓުވީޓުގައި ވަނީ ހަނިމާދޫގައި އެމް.ޑީ.ޕީގެ ހަރަކާތް ތަކުގައި އިސްކޮށް އުޅުއްވި ހުސްނުބާން އަބްދުލް ރަހުމާން ނިޔާވި ހަބަރި އެހީ ފުން ހިތާމަޔާއި އެކުކަމަށާއި މި ދަނޑިވަޅުގައި ހުސްނުބާނުގެ އާއިލާއަށް ތައުޒިޔާކިޔާާ ކަމަށެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރާކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ޓުވިޓެއްކުރައްވާ މިހިތާމައިގައި ބައިވެރިވެފައެވެ.
HDh. Hanimaadhoo ga MDP ge harakaiythakugai iskoh ulhuvvi Husnubaan Abdul Rahman niyaavi khabaru ehee fun hithaama aieku. Mi dhandivalhuga Husnubaan ge aailaa ah ikhlaastheri thauziya dhannavan adhi marhoom ah suvaruge minvaru kurevvumah edhi dhua dhannavan. Aameen
— Mohamed Nasheed (@MohamedNasheed) May 1, 2020
ހުސްނުބާން ފާހަގަ ކުރެވިފައި ވަނީ އަބަދުވެސް އިޖްތިމާއީ ކަންކަމުގައި ހީވާގި ކަނބަލެއް ގޮތުގައެވެ. މީގެ އިތުރުން ހަނިމާދޫ ސްކޫލުގެ ކަންކަމުގައި ހީވާގި ބެލެނިވެރިއެއް ގޮތުގައެވެ. އޭނާވަނީ ސްކޫލް ޕީޓީއޭ އަދި ސްކޫލް ބޯޑުގައިވެސް މަސައްކަތްކޮށްފައެވެ. އޭނާއަކީ މިއަަހަރު ވެސް ހަނިމާދޫ ސްކޫލު ބޯޑުގެ މެމްބަރެކެވެ.
HDh.Hanimaadhoo council gondi ah vaadhakuravvan MDP ticket libivadaigenfavaa Husnubaan Abdul Rahmaan niyaavumaa gulhigen Husnubaan ge aailaa ah thauziyaa dhannavaa, libifavaa fun hithaamaiga baiverive, Husnubaan ah suvarugeyge dhaimee niumaiy minvaru kurevvun edhi dhua dhannavan pic.twitter.com/KiMLvJbdB5
— MDP Secretariat (@MDPSecretariat) May 1, 2020
ހުސްނުބާން ނިޔާވުމާއި ގުޅިގެން ހަނިމާދޫ ސްކޫލުން ވެސްވަނީ އެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާގެ މެސްޖް ފޮނުވާފައެވެ. އޭނާނިޔާވި އިރު ދުނިޔޭގައި 3 ކުދިން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!