ކުނި އެޅުމަށް ބޭނުންކުރާ ކޮތަޅު ލިބުން ދަތިވެ، ވެމްކޯގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ޑަސްބިން ކޮތަޅު ޑެލިވަރީކޮށްދޭން ފަށާފައިވާކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯއިން ބުނެފައިވަނީ އެކުންފުނީގެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދުވަސްވަރު ޑަސްބިން ކޮތަޅު ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންކުރާނެ ކޮތަޅު ވެމްކޯގެ ފަރާތުން ފޯރުކޮށްދިނުމަށް ގިނަ ކަސްޓަމަރުން އެދުނު ކަމަށެވެ.
⚠️ Kind Attention: We accept orders between 10:00 - 16:00 pm daily.
⚠️ We accept online bank transfers for payment.
⚠️ Please verify the account number and only transfer upon request. BML: 7730000058275
(WASTE MANAGEMENT CORPORATION)— Waste Management Corporation Limited (WAMCO) (@WAMCOmv) April 24, 2020
އެގޮތުން ކަސްޓަމަރުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ގޭގެ އެޑްރެސް އަދި ކޮތަޅު ބޭނުންވާ އަދަދު ލިޔުމަށްފަހު 7621666 އަށް ވައިބާ ކުރުމުން އޯޑަރު ދެވުނީއެވެ. އޯޑަރު ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އާއި ހަވީރު 16:00 އާއި ދެމެދުއެވެ.
ވެމްކޯ އިން ބުނީ 60 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 150 ރުފިޔާ ކަމަށާއި އޯޑަރު ދިނުމަށްފަހު އެކުންފުނީގެ އެކައުންޓު ނަންބަރު 7730000058275 (ބީއެމްއެލް އެކައުންޓް) އަށް ރުފިޔާ ޓްރާންސްފާކޮށް، ސްލިޕްކޮޅު ވައިބާ ކުރުމުން ކޮތަޅު ޑެލިވާކޮށްދޭނެ ކަމަށެވެ.
ވެމްކޯއިން ޑަސްބިން ކޮތަޅު ގަތުމުގައި މިކަންކަމަށް ސަމާލުވާންވީކަންކަމުގެ ގޮތުގައި ވެމްކޯއުން ފާހަގަކުރާ މުހިންމު ނުކުތާ ތަކަކީ:
- އޯޑަރު ބަލައިގަންނާނީ ވައިބަރ މެސެޖް މެދުވެރިކޮށް އެކަނި.
- ކޮންމެ ގޭބީސީ އަކަށް ދުވާލަކު 3 ބޮންޑީ ރަތް ކޮތަޅު (ބޮންޑި އަކު 60 ކޮތަޅު)
- ދުރާލާ ފައިސާ ނުފޮނުވާ، އޯޑަރު ނަންބަރު ޔަޤީންކުރައްވާ!
އެންމެ ގިނަވެގެން ކޮތަޅު ޑެލިވާކުރުމަށް ނަގާނީ ތިން ދުވަސް ކަމަށާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކަސްޓަމަރުންނަށް ކޮތަޅު ފޯރުކޮށްދޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
އާންމުކޮށް ގޭގޭގައި ޑަސްބިން އެޅުމަށް ބޭނުންކުރާ ރަތް ކޮތަޅު ލިބުންވަނީ ދަތިވެފައެވެ. މިކަމުގެ ޝަކުވާ ބޮޑުވެފައިވަނީ ލޮކްޑައުންގެ ހާލަތުގައި ފިހާރަތައް ބަންދުވެފައިވާތީއެވެ. އަދި އާންމު ހާލަތުގައި ވިޔަފާރި ކުރާ އުސޫލުން ވިޔަފާރި ކުރުމުގެ ފުރުސަތު ބަންދުވެފައި ވާއިރު ބައެއް ފިހާރަތަކުންވެސް، ކަސްޓަމަރުންނަށް ތަކެތި އަޅާފައިދޭ ކޮތަޅު ނުލިބޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ކޮވިޑް19 ގެ މިހާލަތުގައި ވެމްކޯ އިން ވަނީ ކުނި ނެގުމަށް އިތުރު ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފައެވެ. އެގޮތުން ގޭގޭގެ މަތީ ފްލޯތަކަށް އެރުމުގެ ބަދަލުގައި ކޮންމެ ގެއަކުންވެސް އެގޭގައި އުފެދޭކުނި އެދުވަހެއްގެ މެންދުރު 12 އާއި 14:00 އާއި ދެމެދު ބޭރަށް ނެރުމަށް ވެމްކޯ އިން ވަނީ އެދިފައެވެ. އަދި ކުނި ބަންދުކުރާއިރު ޑަބަލް ކޮތަޅު ހެދުމަށާއި ކޮތަޅުގެ ހަތަރުބައިކުޅަ ތިންބަޔަށް ކުނި އެޅުމަށް ވެމްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!