ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މި ދަތުރުތަކުގައި ގެންދާ މުދަލަކީ ކައުންސިލްތަކުން އެލްޖީއޭ އަށް ދޭ މައުލޫމާތާ އެއްގޮތަށް ރަށްރަށަށް ގެންދާ މުދާކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން ކޮންމެދުވަހަކުވެސް ކާގޯ ދަތުރުތައް ބާއްވާނެ ކަމަށާއި މި ދަތުރުތަކުގައި ގެންދާ މުދަލާ ގުޅޭކަންތައް އެލްޖީއޭ އިން ކައުންސިލްތަކާ ގުޅައިގެން ހަމަޖައްސާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

Ad
rt

މި ދަތުރުތަކުގައި މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުން ދޫކޮށްލާ މީހުންނަށް އެމީހުންގެ ރަށަށް ދިޔުމުގެ ފުރުސަތު ދޭނެ

މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް އާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާލައިންގެ ޑޮމެސްޓިކް ޝެޑިއުލް ދަތުރުތައް މެދުކަނޑާލައިފައިވާ މިދަނޑިވަޅުގައި މޯލްޑިވިއަން އިން ދަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށްވެސް ކާގޯ ދަތުރުތައް ބާއްވަމުންނެވެ.