އިތުރު 12 މީހަކު ކޮވިޑަށް ފައްސިވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 128 އަށް އަރައިފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި އައު ކްލަސްޓަރތަކެއް (ކުރީގެ އެއްވެސް ކްލަސްޓަރއަކަށް ނިސްބަތްނުވާ) ކޭސްތަކެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ.
އިތުރު ހަ މީހަކު ފައްސިވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރީ މިއަދު 13:30 އެހާކަންހާއިރު އެވެ. އެހެން ކަމުން އިތުރު 12 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް19 އާ ގުޅިގެން އެކި ކަރަންޓީން ފެސިލީޓަކުން ކަރަންޓީން ފުރިހަމަ ކުރުމަށްފަހު 263 މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށްވެސް ކޮވިޑް19 ގެ މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!