ވަށަފަރު ގެއެއް މޮނިޓަރިންގ ހާލަތަށް ގެެނެސްފި

DK_1ekaUQAAYvWx

މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން ހއ. ވަށަފަރުން ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފިއެވެ.

ހއ. ވަށަފަރުން މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ހއ. ނިޔަނދުރުމާގެއެވެ. އެ ގެޔާއި އެކު އެކޭސްތަކާއި ގުޅުން ހުރި 22 ގެއެއްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.

މިގެތައް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމަށްފަހުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި ގެތަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާ ގެތައް

  • 1. ނިޔަނދުރުމާގެ / ހއ.ވަށަފަރު
  • 2. ދުވެލި / ކ.ކާށިދޫ
  • 3. ހުޅުމާލެ ލޮޓް 11090
  • 4. ހ.ރަތްކުރެދި އާރު
  • 5. މ.ފީރޯޒުގެ 6 ބީ
  • 6. މ.ލޯކަށި 3 ސީ
  • 7. މ.ސޯސަންމާގެ
  • 8. ހ.ފެނިގެއްލިދާގެ 7ވަނަ ބުރި
  • 9. މ.މަދޮށިގެ ދެވަނަ ބުރި
  • 10. ގ.ވޯކް ހައުސް
  • 11. ހުޅުމާލެ ލޮޓް ނަންބަރު 10035 ދެވަނަ ބުރި
  • 12. ހުޅުމާލެ ފުލެޓް 302-97
  • 13. ހުޅުމާލެ ފުލެޓް ނަންބަރު 06-2-1
  • 14. މ.ކުދެހި ގަސްދޮށުގެ 7 ވަނަ ބުރި އެޕާޓްމަންޓް ބީ
  • 15. ސްނޯލައިޓް / މަޑިފުށި
  • 16. ނޫމަސްވާދީ / ސ.ހިތަދޫ
  • 17. ހުޅުމާލެ ފްލެޓް 02-2-6
  • 18. އަމީން އެވެނިއު ޓީކް 905
  • 19. މ.ނާގޫޝްވިލާ 2 ވަނަ ބުރި
  • 20. މއ.އޯކިޑް
  • 21. މ.ޖަރީމާގެ
  • 22. ހުޅުމާލެ ލޮޓްނަންބަރު 11296-1 ބީ

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 23 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ފަސް މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 8 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިބައްޔާއި ގުޅިގެން ރާއްޖޭގައި 985 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3432 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 23 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3139 މީހުންނެވެ. 270 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި