ރިސޯޓު ތަކާއި، ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކުރުމަށް، އެޗްޕީއޭއިން އާންމުކޮށްފައިވާ އެންގުން އިސްލާޙުކޮށް އަލުން އާންމު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން ރޭ އާންމު ކުރި އެންގުން އާންމު ކުރި ވަގުތުން ފެށިގެން ވަކި އެންގުމެއް އަންގަންދެން އެ އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

Ad
rt

އެގޮތުން އެ އެންގުމުގައި ބުނެފައިވާ ފިޔަވަޅުތައް

  • ރިސޯޓުތަކާއި، ސަފާރީތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލުން.
  • ރަށް ރަށުން ރިސޯޓުތަކާއި، ސަފާރީތަކަށް މީހުން ދަތުރުކުރުން ހުއްޓާލުން.
  • އެއްރިސޯޓުން ނަނެއްރިސޯޓަށް މީހުން ދަތުރު ކުރުން ހުއްޓާލުން.

އިސްލާޙްކޮށް އެޗްޕީއޭއިން ރޭ އާންމު ކުރިއެންގުން

ދަތުރުކުރަން މަނާކުރާ ހާލަތުން އިސްތިސްނާވާ ހާލަތްތަކާއި، ފަރާތްތައް މި އެންގުމުގައި ހިމަނާފައިވެއެވެ.

މިއެންގުމާއިއެކު މިމަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން އާންމު ކުރި އެންގުން ބާތިލުވީކަމަށް މިއެންގުމުގައި ބުނެފައި ވެއެވެ.

Thiladhun | Voice of Thiladhunmathiރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފިA hub for conversation about news and ideas from Bodu Thiladhunmathi.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ މުހިންމު ގިނަ ގުނަ ފިޔަވަޅުތަކެއް އަޅުއްވައި، ހަލުވި މަސައްކަތްތަކެއް ކުރަށްވަމުންނެވެ.