ރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފި

unnamed

ރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑިއިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން މިރޭ އާންމު ކުރި އެންގުން އާންމު ކުރި ވަގުތުން ފެށިގެން ވަކި އެންގުމެއް އަންގަންދެން އެ އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އެ އެންގުމުގައި ބުނެފައިވާ ފިޔަވަޅުތައް

  • ރިސޯޓަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލުން.
  • ރަށް ރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލުން
  • އެއްރިސޯޓުން ނަނެއްރިސޯޓަށް މީހުން ދަތުރު ކުރުން ހުއްޓާލުން.

އެޗްޕީއޭއިން މިރޭ އާންމު ކުރިއެންގުން

ދަތުރުކުރަން މަނާކުރާ ހާލަތުން އިސްތިސްނާވާ ހާލަތްތަކާއި، ފަރާތްތައް މި އެންގުމުގައި ހިމަނާފައިވެއެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ މުހިންމު ގިނަ ގުނަ ފިޔަވަޅުތަކެއް އަޅުއްވައި، ހަލުވި މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

މިއަދު ވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އަށަކަށް އަރައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *