އޭޕްރީލް 1 އިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތްދޭ ގަޑިތަކައް ބަދަލު ގެންނަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވެމްކޯގެ ޙިދުމަތްތަކައް އެކި ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން ވެމްކޯގެ މުވައްޒަފުންގެ ޞިއްޙީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި، ކުނި އެއްލާލުމުގެ ޚިދުމަތަށް ބޫރޫނާރާނެ ފަދަ ގޮތަކައް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް 1 އޭޕްރީލް އިން ފެށިގެން ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ވެމްކޯއިން ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ކަމަށާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތަކުގެ ވަގުތުތަކައް ވެސް ބަދަލުވެގެނެސްފައިވާ ކަމަށެވެ.

އެގޮތުން ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތަކަށް ގެނައި ބަދަލުތަކަކީ؛

މާލެ- ހެނދުނު 08:00 އިން މެންދަމު 03:00 އަށް

ހުޅުމާލެ- ހެނދުނު 08:00 އިން މެންދަމު 01:30 އަށް

ވިލިމާލެ- ހެނދުނު 08:00 އިން މެންދަމު 00:00 އަށް

އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް)- ހެނދުނު 08:00 އިން މެންދަމު 00:00 އަށް

އައްޑޫ ސިޓީ - ހުޅުމީދޫ- ހެނދުނު 08:00 އިން ހަވީރު 16:00 އަށް

ފުވައްމުލައް ސިޓީ- ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް

ވެމްކޯއިން ވަނީ ކަސްޓަމަރުން މިބަދަލުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.