•  
  •  
  •  
  •  
  •  
  •  
  •  

ކޮވިޑް19 ޕޭޝަންޓުންނަށް ހާއްސަ ކުރެވިގެން މެޑިވެކް ގެ ހިދުމަތް ފަށައިފިއެވެ. މިއީ ޖަރުމަނުން ފަށާފައިވާ މަތިންދާބޯޓެއްގައި ހަދާފައިވާ އައިސީޔޫ ހިދުމަތެކެވެ.

މިއައިސީޔޫ ހަދާފައިވަނީ އެއަރބަސް އޭ 310 މަރުކާ ބޯޓެއްގައި އިޓަލީއިން ޖަރުމަނުގެ ހޮސްޕިޓަލް ތަކަށް ކޮރޯނާ ވައިރަސް ގެ ޕޭޝަންޓުން އުފުލުމަށެވެ.

44 އެނދުގެ މިބޯޓުގައި 16 އެނދު ހާއްސަ ކުރެވިފައިވަނީ އައިސީޔޫގައި ފަރުވާ ދޭންޖެހޭ ޕޭޝަންޓުންނަށެވެ. މިބޯޓުގައި 25 ސިއްހީ ހިދުމަތްތެރިންގެ ޖާގަ ‎ތައްޔާރުކުރެވިފައިވާ މަތިންދާބޯޓު ރޭ ވަނީ އުދުހެން ފަށާފައެވެ.

މި ބޯޓުގައި ބަލިމީހުންނަށް ފަރުވާދިނުމަށް “އެވިޓާ4” ވެންޓިލޭޓަރ، 16 “ މައިކްރޯޕްކް” ޕޭޝަންޓް މޮނީޓަރ، ބްރޮކޮސްކޯޕްސް، އީސީޖީ ގެ ހިދުމަތުގެ އިތުރުން އެތައް ސިއްހީ ކުއްލި ފަރުވާއަށް ބޭނުންވާ ވަސީލަތްތަކެއް ބެހެއްޓިފައި ހުރެއެވެ.‎‏

ޚިޔާލު

Your email address will not be published.

More in ކުޑަ