•  
  •  
  •  
  •  
  •  
  •  
  •  

މާލެ އާއި ރާއްޖޭގެ ރިސޯޓުތަކުގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އެންގުމުގެ މުއްދަތު 4 އޭޕްރީލްއަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމް، ސިޓީ ކައުންސިލްތައް، އަތޮޅު ކައުންސިލްތައް، ރަށު ކައުންސިލްތައް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެޑްރެސް ކުރައްވާ ފޮނުވި ސާރކިއުލަރއެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް
އޮތުން، 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ
އެގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ (ލޮކްޑައުން ކޮށްފިނަމަ) އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ދަންނަވަމެވެ. މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި އަރަބި ބަހުން އަދި ދިވެހިބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް
އަންގަވައިދެއްވުމަށް ދަންނަވާކަމަށް ބުނެފައިވެއެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވަމެވެ. އަދި މިއީ މިޙާލަތަށް ރިޢާޔަތްކޮށް އެޅިފައިވާ ފިޔަވަޅެއްކަމުގައިވާތީ، މި ޙާލަތު ބަދަލުވުމުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ކުރިއަށް ގެންދިއުމަށް ދަންނަވާފައިވެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ