ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް

photo_2020-03-27_22-10-37

ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ހިމަނައިގެން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް އަރައިފިއެވެ.

ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނަކީ އެބަށްޔަށް ޝައްކުވެގެން އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުން ކަމަށް ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވަނީ ވިދާޅުވެފައެވެ.

މިއަދު ވަނީ ރާއްޖޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޢަދަދު 14 އަށް އެރިކަމަށް ސަރުކާރުން ކުރިން ބުނެފައެވެ. އިނގިރޭސި ވިލާތުން ރާއްޖެއައި އެމީހާ ޕޮޒިޓިވްވީ ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީން ކޮށް، ތަހުލީލް ކުރުމުންނެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރާއްޖެގައި ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް އެރީ އިޓަލީއަށް ފުރި 2 ފަތުރުވެރިންވެސް ހިމަނައިގެންކަމަށެވެ. އަދި އެ ދެ ފަތުރުވެރިން ފުރާފައިވަނީ މިއަދުކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިރޭ މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެއިން މިހާތަނަށް 853 ސާމްޕަލް ނެގުނުއިރު، އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. ނެގެޓިވްވެފައިވަނީ 800 ސާމްޕަލް އެވެ. އަދި ބާކީ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައެއް ނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ދަތުރުމަތީގައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ދެ ފަތުރުވެރިން ފުރައިގެން ދިޔުމާއި ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާކުރަށްވަމުން މަބްރޫކް ވިދާޅުވީ، އިޓަލީ ދެ ފަތުރުވެރިން ފުރައިގެންދިޔައީ، އިޓަލީ ސަރުކާރުން ބޭއްވި ހާއްސަ ފްލައިޓެއްގައި ކަމަށެވެ. އަދި އެ ދެ މީހުންނަކީ 14 ދުވަސް ހަމަކޮށްފައިތިބި ދެ މީހުންކަމަށާއި، އެ މީހުން ފުރިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ އަމަލުކުރަމުން އަންނަ އުސޫލުގައިވާގޮތުން އައިސޮލޭޝަންއަށް ގެންދެވޭތާ 14 ދުވަހުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަނަމަ އެ މީހުން އައިސޮލޭޝަނުން ފޮނުވާލެވޭކަމަށެވެ. އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެ ދެ މީހުން ފުރައިގެން ދިޔަ ފަހުން، އެޗްޕީއަށް ލިބުނު ނަތީޖާތަކުން ކަމަށެވެ.

ފުރަތަމަ ފަހަރަށް ރާއްޖެގައި ދިވެއްސެއް މިބައްޔަށް މިއަދު ޕޮޒިޓިވު ވެފައިވާއިރު، ރާއްޖެއިން ފުރިފަހުން ޕޮޒިޓިވް ވި އިޓަލީ ދެ ފަތުރުވެރިންނާއި އެކު، ކުރިން ޕޮޒިޓިވްވި 13 ބިދޭސީން ހިމެނޭހެން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 16 އެރީއެވެ. މިބަލި ޖެހުނު މީހުން ތެރެއިން ރާއްޖެއިން 9 މީހުން ވަނީ ރަނގަޅުވެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *