ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

Ad
rt

އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތަށް އޮންލައިން ކޮށް އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނޭ ގޮތް އެ ކައުންސިލުންވަނީ ހަމަޖައްސައިދީފައެވެ.

އިހަވަންދޫ ކައުންސިލުންވަނީ ބޭސް ފަރުވާ އަށް މިވަގުތު އިންޑިއާއަށް ގޮސްތިބި އެރަށުގެ ރައްޔިތުންގެ މައުލޫމާތު ދެނެގަންނަން ބޭނުންވާ ކަމަށްވެސް ހާމަކޮށްފައެވެ. މިގޮތުން އެފަދަ ފަރާތްތަކުން އިހަވަންދޫ ކޮވިޑް-19 ޓާސްކް ފޯހުގެ 7750013 ނަމްބަރު ފޯނާއި ފުޅުއްވައި، މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެކައުންސިލުންވަނީ އެދިފައެވެ.

އިހަވަންދޫ ކައުންސިލުން އަންނަނީ ކޮވިޑް-19 އިން އެރަށުގެ ރައްޔިތުންނާއި، ރަށުގެ ދިރިއުޅޭ މީހުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.