2019 ވަނަ އަހަރު ޑިސެމްބަރުގައި ޗައިނާގެ ވުހާން އިން ނިއުމޯނިއާގެ ބަލިމަޑުކަމެއް ވީނުވީއެއް ނޭނގި ފެތުރެން ފެށިއެވެ. ކަމާބެހޭ ފަރާތް ތަކުން ވަމުން ދާގޮތް ދިރާސާކުރި އިރު ނިއުމޯނިއާއަކީ އަލަށް އުފެދިގެން އުޅޭ ސާރސް-ކޮވް-2 ނަމަަކަށް ކިއާ ވައިރަސް އަކުން ފެތުރޭ ކޮވިޑް-19 ކިއާ ބައްޔެއްކަން އެނގުނެވެ.
މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅިދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައާޅާފައިވާ ކޮރޯނާވައިރަސް ޖެހޭ ގިނަބައެއްގެ ކިބައިން ފެންިގެންދަނީ އާދައިގެ ރޯގާއަކުން ފެންނަ އަލާމާތް ތަކެވެ. ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާގޮތުގައި މިބަލި ޖެހޭ މީހުންގެ ތެރެއިން %80 މީހުން ވަކި ހާއްސަ ފަރުވާއެއް ނުދީ ބަލި ފަސޭހަ ވާއިރު ސީރިއަސް ހާލަތަކަށް ދަނީ ކޮންމެ 6 މީހަކުން އެކަކެވެ.
އިންސާނުންނަށް މިވައިރަސްގެ އަސަރު ކުރަނީ ކިހިނެއް؟
ރޯޔަލް އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒީޝިއަންސް އެންޑް ރެސްޕިރޭޓަރީ ފިޒީޝަންސްގެ ރައީސް ޕްރޮފެސަރ ޖޯން ވިލްސަން ވިދާޅުވެފައި ވަނީ މިބަލި ޖެހޭމީހުން 4 ކެޓަގަރީ އަކަށް ބަހާލެވޭ ކަމަށެވެ.
ޕްރޮފެސަރ ޖޯން ވިލްސަން ފާހަގަ ކުރެއްވި މިބަލި ޖެހޭމީހުން 4 ކެޓަގަރީ
- ވައިރަސްގެ އަސަރު ހުރެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ މީހުން.
- ނޭވާލާނިޒާމުގައި ކޮންމެވެސް ވަރަކަށް ވައިރަސްގެ އަަސަރު އަށަގަނެ ހުންއައިސް، ކެއްސާ ބޮލުގަ ރިއްސާ ލޯރަތްވުން ފަދަ އަލާމާތް ދިމާވާމީހުން.
- ވައިރަސްއަށް ޕޮޒިޓިވްވެ ރޯގާގެ ހުރިހާ އަލާމާތް ފެނި ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުން.
- ވައިރަސްގެ އަސަރުބޮޑުވެ ނިއުމޯނިއާ އަށް ބަދަލުވާ މީހުން.
ނިއުމޯނިއާ އުފެދެނީ ކިހިނެއް ؟
ޑރ ވިލްސަން ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހި ހުންއައިސް ކެއްސަން ފެށުމާއިއެކު ވައިރަސްގެ އަސަރު ނޭވާލާ ނިޒާމުގެ ތެރެއަށް ފެތުރިގެން ދެއެވެ. އަދި ފުއްޕާމޭގެ ނާރުތަކަށް އަސަރުކޮށް "އެއަރ ސެކްސް އަށް" ވައިރަސް ގެ އަސަރު ފޯރުމުން ނިއުމޯނިއާ އަށް ހުށައެޅެއެވެ. އަދި ނޭވާލާ ނިޒާމަކީ ތަފާތު ގޮފިތަކަށް އުފެދިފައިވާ އެއްޗެއްކަމުން ކުޑަކުޑަ ކުނޑިކޮޅެއްގެ އަަސަރު ފޯރި ކަމުގައި ވިޔަސް ކެއްސަން ފަށައެވެ. އަދި ފުއްޕާމޭގައި ވިހަ މާއްދާތައްގިނަވެއް ސާފު އޮކްސިޖަން ލެއަށް ފޯރު ކޮށްނުދެވި ލުއިން ކާބަންޑައިއޮކްސައިޑް ނައްތާ ނުލެވުމުން އޮކްސިޖަން ލެވަލް ދަށަށްގޮސް ފުރާނައަށް ނުރައްކާވަނީއެވެ. މިއީ ނިއުމޯނިއާގެ ސަބަބުން ފުރާނަ ގެއްލޭ ސަބަބެވެ.
ނިއުމޯނިއާ އަށް ފަރުވާދޭނީ ކިހިނެއް؟
އޮސްޓްރޭލިއާގެ ލަންގް ފައުންޑޭޝަންގެ ޗެއަރމަން ޕްރޮފެސަރ ކްރިސްޓިން ޖެންކިންސް މައުލޫމާތު ދެއްވާފައިވާގޮތުގައި މިހާތަނަށް ކޮވިޑް-19 ގެސަބަބުން ނިއުމޯނިއާ ޖެހުން ހުއްޓުވޭނެ ފަދަ އެއްވެސް ފަރުވާއެއް ހޯދިފައި ނުވާކަމަށެވެ. އެކި ބޭސްތަކުގެ ލެބޯޓަރީ ދިރާސާތަށް ޓެސްޓު ކުރެވެމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ނިއުމޯނިއާ ޖެހޭ ފަރާތްތަކުގެ ފުއްޕާމޭ ހަމަޖެހި އާދައިގެ މަތިން މަސައްކަތް ކުރާ ގޮތަށް ކުރެވޭ ވަރު ވަންދެން ވެންޓިލޭޓަރުގެ އެހީގައި އޮކްސިޖަން ފޯރު ކޮށްދެނީ ކަމަށެވެ. އަދި ނިއުމޯނިއާ އުފެދި ހާލުސީރިއަސްވާ މީހުން މިވަގުތު ހުރި ފަރުވާ އިން ފަސޭހަނުވެ އިތުރު އިންފެކްޝަން ފުއްޕާމޭގައި އުފައްދާ އެންޓިބައޮޓިކް އަދި ދެމުންދާ ބޭހުން އަސަރެއްނުކޮށް މަރުވަނީ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮވިޑް-19 އިން ޖެހޭ ނިއުމޯނިއާ އާދައިގެ ނިއުމޯނިއާ އާއި ތަފާތުތަ؟
ޖެންކިންސް ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ޖެހޭ ނިއުމޯނިއާއަކީ އާންމުގޮތެއްގައި ފެންނަ ނިއުމޯނިއާއި ތަފާތު ނިއުމޯނިއާ އެއްކަމުގައެވެ. އާންމު ހާލަތުގައި ޖެހޭ ނިއުމޯނިއާއަކީ ބެކްޓީރިއާއަކުން ޖެހޭ ނިއުމޯނިއާއެއް ކަމަށާއި، އެންޓިބައޮޓިކުން ބަލި ފަސޭހަ ވާކަމަށެވެ. ކޮވިޑް-19 އިން ޖެހޭ ނިއުމޯނިއާގެ އަސަރު ފުއްޕާމޭގެ ތަންތަން ކޮޅަށް ނުކޮށް މުޅި ފުއްޕާމެއަށް ކުރާ ކަމަށެވެ.
ނިއުމޯނިއާ ޖެހުމުގެ ޗާންސް ބޮޑި އުމުރން 65 އަހަރުން މަތީގެ މީހުންނާއި، ޑައިބެޓިކް، ކެންސަރު، ހިތުގެ މައްސަަލަ، ކިޑްނީ މައްސަލަ، ދުންފަތު ގެ އިސްތިއުމާލް ކުރާމީހުން، ނޭވާއަށް ހިއްލާ މީހުން 12 މަހުންދަށުގެ ތުއްތުކުދިންނަށް ކަމުގައި ޑރ. ޖެންކިންސް ވަނީ ހާމަކޮށްފައެވެ. ނިއުމޯނިއާގެ ސަބަބުން ފުރާނަ އަށް ގެއްލުންވަނީ އާންމު ގޮތެއްގައި އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.
ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސިއްހީ މާހިރުން ހޯއްދަވާ ހޯއްދެވުންތައް ދެނެގަނެ، މައުލޫމާތު އެއްކުރުމަކީ ހަމަ ކޮންމެ މީހަކަށްމެ ނުހަނު ބޭނުން ތެރިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!