ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅުރަނގަޅުވި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ. މި ފަހަރު ރަނގަޅުވެގެން ރިޕޯޓުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒާ އެކު ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހަކު މިއަދު އެވައިރަސް އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް މިއެންމެންވެސް މުޅިން ދޫކޮށްލާނީ 30 ދުވަހުގެ ހޯމް އައިސޮލޭޝަންގައި ބޭތިއްބުމަށްފަހު އިތުރަށް ބަލާ ހަދާފައި ކަމަށެވެ.

Ad
rt

ޑޜ މުހައްމަދު އަލީ އިތުރަށް ވިދާޅުވީ، ޑޮކްޓަރުންނާއި ނަރުހުން އަދި ކަމާބެހޭ ފަރާތްތަކުން މިމަސައްކަތް ކުރަމުންދަނީ މިއީ ގައުމީ ސަލާމަތަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި މިކަމަށް ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އިހުތިރާމް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަދި މިވަގުތަކީ މަގުތަކަށް ނިކުމެ އުޅެންވީ ވަގުތު ނޫން ކަމަށާޢި ހޮޓާ ތަކާއި ކެފޭތައް ބަންދު ބޯޑު އަޅުވައިގެން ހިދުމަތް ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު މިކަންކަން ނުކުރުމަށް ޑރ ވަނީ އިލްތިމާސްކޮށްފައެވެ.

މިއާ އެކު ރާއްޖޭގައި މިހާރު ތިބީ ކޮވިޑް-19 އަށް ޕޮޒިޓިވް ހަތަރު މީހުންނެވެ.