•  
  •  
  •  
  •  
  •  
  •  

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެބޭންކުން ވަނީ ނިންމާފައި ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރަށްވައިފިއެވެ.

އޭގެ އިތުރުން ޗް.ޑީ.އެފް.ސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައި ކަމަށްވެސް ރައީސް ޞާލިޙް ޢިއުލާން ކުރެއްވިއެވެ.

އެކަންކަން އެމަނިކުފާނު ޢިއުލާން ކުރެއްވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ގައެވެ.

ކޯވިޑް-19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށާއި، އިރާދަކުރެއްވިއްޔާ، މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ