އަޖުމަ ބެލުމަށްޓަކައި އެސްޓީއޯގެ ބައެއް ތަންތަނުން ހިދުމަތް ދޭ ގަޑިތައް މިއަދުން ފެށިގެން މަދުކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމި އެންމެ މުހިންމު މަޤްޞަދަކީ މުވައްޒަފުން ވީހާ ވެސް މަދު ވަގުތު ވަޒީފާ އަށް ނެރުމަށެވެ. މިއީ މި ދުވަސްވަރު ވީހާ ވެސް ގިނަ ވަގުތު ގޭގައި ތިބުމަށް ސަރުކާރުން އަންގާފައިވާ އެންގުމަށް އެއްބާރުލުން ދޭން އެސްޓީއޯ އިން އަޅާ ފިޔަވަޅެކެވެ.

Ad
rt

އެގޮތުން މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްގެ ޚިދުމަތުގެ ވަގުތަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމެންޓްގެ މިއަދުގެ ޚިދުމަތުގެ ވަގުތަކީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.

އެސްޓީއޯ އިން ބުނީ، އެކުންފުނިން މަސައްކަތްކުރަމުން އަންނަނީ ވީހާ ވެސް ގިނަ މުވައްޒަފުންނަށް ގޭގައި މަޑުކޮށްގެން ވަޒީފާ އަދާކުރެވޭނެ ގޮތަށް މަގުފަހި ކުރުމަށްކަމަށެވެ. އެ ގޮތުން އެ ކުންފުނީގެ ރިސެޕްޝަނުން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައި އެކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯގެ އިލްތިމާސަކީ އެންމެހާ ފަރާތްތަކުން ސަރުކާރާއި ހެލްޕް ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ދިނުމަށެވެ.

މި ކަންކަމުގައި އެ ކުންފުނީގެ ކަސްޓަމަރުން ދެމުން އަންނަ އެއްބާރުން ފާހަގަކޮށް އެކުންފުނިން ޝުކުރު އަދާ ކުރަށްވައެވެ.