ހދ. ކުޅުދުއްފުށި ސިޓީ އަދި ހދ. ހަނިމާދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރު ސެޓެއް ފެނަކައިން ފޮނުވައި އިންސޯޓުލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ.

ހދ. ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ އާ ޖެންސެޓެއް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ހަނިމާދޫއަށް 1 މެގަ ވޯޓުގެ އާ ޖެންސެޓެއް އެކުންފުނިން ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

Ad
rt

ފެނަކައިން ބުނެފައިވަނީ ކުޅުދުއްފުށި ސިޓީއަށް ފޮނުވި 800ކވ ގެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށެވެ. އަދި ހަނިމާދޫއަށް ފޮނުވި ޖެންސެޓް ބެޑްއަށް އަރުވާ އިންސްޓާލް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މިއާއިއެކު މިދެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް މިހާރު 6 ޖަނަރޭޓަރެއް ބޭނުންކުރަމުންދާއިރު އެއީ އެއް މެޖަވޯޓްގެ ތިން ޖަނަރޭޓަރާއި 800 ވޯޓްގެ ތިން ޖަނަރޭޓަރެވެ. އެތަނުން މައްސަލަ ޖެހުނީ 1 މެގަވޯޓްގެ ދެ ޖަނަރޭޓަރުގައި އެވެ. 1 މެގަވޯޓްގެ ދެ ޖަނަރޭޓަރު ހަލާލުވީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު އެވެ. އެކަމާ ގުޅިގެން އެރަށުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓް ކެނޑެމުންނެވެ.