މާސްކު އަޅާނެ ގޮތާއި ބޭނުންކޮށް ނިމިގެން ނައްތާލާނެ ގޮތުގެ އިރުޝާދު

GettyImages_1202999295.0

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އަޅާނެ ގޮތާއި، މާސްކް ބޭނުންކޮށް ނިމިގެން ނައްތާލާނެ ގޮތުގެ މައްޗަށް އެޗްޕީއޭގެ އިރުޝާދު ދެނެގަތުމަކީ ކޮންމެ ފަރުދަކަށްވެސް ނުހަނު ބޭނުން ތެރިކަމެކެވެ.

ކަމެއްގެ ނަތީޖާ އެންމެ ރަނގަޅަށް ނުކުންނާނީ އެކަމެއް ކުރަންވާ ގޮތަށް ކޮށްގެންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭގެ އިރުޝާދު ތަކުގައި ފުރިހަމައަށް ހިފައި އަމަލުކުރުން އެއީ މިވަގުތައް އެންމެ ބޭނުންތެރި ކަމެވެ. ހަމައެޔާއިއެކު ރާއްޖޭގެ ބައެއް ޑޮކްޓަރުން ކެނޑިނޭޅި ދެއްވަމުން އެގެންދަވާ ސިއްޚީ އިރުޝާދާއި، ލަފާގައި ހިފައި އަމަލުކުރުން ނުހަނު ބޭނުން ތެރިއެވެ.

މާސްކު އަޅާނެ ގޮތާއި ބޭނުންކޮށް ނިމިގެން ނައްތާލާނެ ގޮތް:

1. މާސްކު އެޅުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުންކުރުން
2. އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާގޮތަށް މާސްކު އެޅުން އަދި މާސްކުގެ ކައިރިފަށް މޫނުގައި ޖެހިފައި ހުރުން
މާސްކުގައި އަތްނުލާ ވޭތޯ ބެލުން އަދި އަތް ލެވިއްޖެނަމަ ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ އެއް ބޭނުންކުރުން
3. އަޅައިގެން ހުރި މާސްކު ކުޅުން ތެމިއްޖެނަމަ މާސްކު ބަދަލު ކުރުން. އަދި އެއްފަހަރު ބޭނުންކުރުމަށް ހުންނަ މާސްކު ދެވަނަފަހަރަށް ބޭނުން ނުކުރުން.
4. މާސްކު ނަގާނީ އަނގަޔާއި ނޭފަތްމަތީ އަތް ނުލާ، ފަހަތުގައި އިންނަ ވާކޮޅު ނައްޓާލައިގެން ނުވަތަ ކަންފަތްވަށައި ހުންނަ ވާކޮޅު.

މާސްކު ބޭނުން ކުރަންވީ ގޮތާއިމެދު އެޗްޕީއޭގެ އިރުޝާދުގައި ބުނެފައި އެވަނީ މާސްކު އަޅަންޖެހޭނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނަށް އެހީތެރިވާ މީހުންނާއި، އަދި ކެއްސާ ކިބިނހި އަޅާ މީހުންކަމަށެވެ.

މާސްކު ބޭނުންކުރިކަމުގައި ވިޔަސް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮންނަންވާނެ ކަމަށާއި، ނުވަތަ ސެނިޓައިޒަރ އެއް ބޭނުންކުރަންވާނެ ކަމަށް އެޗްޕީއޭގެ އިރުޝާދުގައި ބުނެއެވެ. އަދި މާސްކު ނެގުމަށްފަހު އެންމެ އަވަހަށް ކުރާންވީ ކަމަކީ ކުނި ވަށިގަނޑަށް މާސްކު އެއްލާލުން ކަމަށްވެސް އެޗްޕީއޭއިން ދީފައިވާ އިރުޝާދު ތަކުރާރުކޮށްލަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި