ހދ. ނެއްލައިދޫ މަސްޖިދުލް ޚައިރާތުގެ މިހުރާބު ބޮޑުކުރުމާއި މިސްކިތުގެ ބައެއް މަރާމާތު މަސައްކަތްތައް ކުރުމަށް ސިލްވަރ ބްލޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ނެއްލައިދޫ ކައުންސިލުން ހާމަކުރާ ގޮތުގައި، މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 471,960.00 ރުފިޔާކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުން އިއުލާނުކޮށްފައިވަނީ 16 ނޮވެންބަރު 2026 ގައެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، ބީލަންތައް ހުޅުވާލާފައިވަނީ 24 ނޮވެންބަރު 2026 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ތަފްސީލުކޮށް ލިޔެބަލަ ބިޑް ރަޖިސްޓްރީ ކުރުން ހަމަވީ 23 އަށް ބިޑް ހަވާލުވުން ސުންގަޑިއަކީ 24 ވަނަ ދުވަސް 1 48 ގަޑިއިރު ތެރޭ އިވެލުއޭޓް ކޮށް ނިންމާ އެގްރީމެންޓްގައި ސޮއި ކޮށް ފޮޓޯ ޖަހައިފި