އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ތަރި ހެރީ ކޭންގެ ވާތު ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ކިތަންމެ މަހަކު ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބަޔާން މިއުނިކުން ވަނީ ބުނެފައެވެ.

Ad
rt

ހުކުރު ދުވަހުގެރޭ ކޮލޯންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ކޭންގެ ވާތު ފައިގެ ލިގަމެންޓް ('/'). ހިމެނޭ ސަރަހައްދަށް ވަނީ އަނިޔާވެފައެވެ. މި މެޗުގެ ފަހުބައިގައި ކޮލޯންގެ ޑިފެންޑަރު ޖޮއެލް ޝްމީޑް މައިކަލް އޮލީ ހުރަސްކުރި ބޯޅައަކަށް އަރުއިގަނެ ކޭންގެ ފަޔަށް އެރުމުގެ ސަބަބުން ކޭންއަށް ވަނީ ވޭންއަޅާފައެވެ.

ކުޑަވަގުތުކޮޅަކު ތަދުވެފައި އިނދެފައި ދަނޑުމައްޗަށް ތެދުވެ ކުޅެން ކުރިއަށްދާން މަސައްކަތް ކުރިނަމަވެސް، ފިޒިއޯތެރަޕިސްޓުންގެ އެހީއާއެކު އޭނާ ވަނީ ދަނޑުން ފައިބާފައެވެ. ބަޔާން ކްލަބުން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ބެލޮންޑޯ ހޯދާފައިވާ މި ކުޅެރިޔާގެ ކާމިޔާބު އޮޕަރޭޝަނެއް ރޭގަނޑުގެ ވަގުތެއްގައި ވަނީ ކޮށްފައެވެ.

އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގެ އެނދުގައި އޮވެ، ފައިގައި މެޑިކަލް ބޫޓެއް ލައްވާލައިގެން އޮވެ ހިނިތުންވެލައިގެން އިން ފޮޓޯއެއް ކޭން ވަނީ އިންސްޓަގް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. މި ފޮޓޯއާއެކު އޭނާ ލިޔެފައިވާ މެސެޖުގައި، މިއީ ހަޔާތުގެ އުފެއްދުންތެރި އަދި ދަތި ދުވަސްތައް ކަމަށާއި، މިފަދަ އަނިޔާއަކާ ކުރިމަތިލާންޖެހުމުން ވަރަށް ހިތާމަކުރާ ކަމަށް ބުނެފައިވެއެވެ.

އަދި މިއީ 2027 ވަނަ އަހަރާ ކުރިމަތިލާއިރު ހިތްވަރުގަދަކަން ދައްކައި، އިތުރަށް ރަނގަޅުވުމަށް ލިބުނު ފުރުސަތެއް ކަމަށް އޭނާ ސިފަކޮށްފައިވެއެވެ. ސީޒަންގެ އެންމެ މުހބު ހިސާބަށް އައު ހަކަތައާއެކު އެނބުރި އަންނާނެ ކަމުގެ ޔަގީކަން ކޭން ދީފައިވެއެވެ.

މީގެއިތުރުން، އެކުވެރިޔާ އަދި ކުރީގެ ނިއު އގްލޑް ޓްރިއޮޓްސްގެ ތަރި ޖލިއަން އެޑެލްމަންގެ ވާހަކައަކަށް ރިއާޔަތްކޮށް ކޭން ބުނެފައިވަނީ، "ދަތި ދުވަސްތަކެއް ދަމުރެވިއެއް ނުދާނެ، ނަމަވެސް ހިތްވަރުގަދަ މީހުން ދެމިތިބޭނެ" ކަމަށެވެ.

އުމުރުން 33 އަހަރުގެ ކޭން 2023 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ބަޔާންއާ ގުޅުނު ފަހުން، ކުޅުނު 161 މެޗުން 156 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. އަދި އެ ޓީމާއެކު ދެ ބުންޑަސްލީގާ ތައްޓާއި ޖަރުމަނު ކަޕް އޭނާ ކާމިޔާބުކޮށްދީފައިވެއެވެ.

މިދިޔަ މަހު 25 އަހަރުގެ ތެރޭގައި ބެލޮންޑޯ އެވޯޑު ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދި ކޭން، މީގެ ދެ ހަފުތާ ކުރިން ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަޔާންގައި މަޑުކުރާގޮތަށް ކޮންޓްރެ އައު ކޮށްފައެވެ.