ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވެއްޓި އަނިޔާވުމާ ގުޅިގެން ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ހަވީރު 15:58 އެހައިކަންހާއިރުއެވެ.
އެ މީހާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 25 ފޫޓު މަތީގައި މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެމީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!