ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް އިމާމުންނަށް ޚާއްޞަ ހެދުންކޮޅެއް ފަރުމާކުރުމާ ގުޅޭގޮތުން ޚިޔާލު ހޯއްދަވަމުންދާކަން އިސްލާމިކް މިނިސްޓަރު ډޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޢިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް ކަމަށެވެ.

Ad
d

ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ، އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގެ މަސައްކަތުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް އިސްލާމިކް މިނިސްޓްރީގެ ތާއިދު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިމާމުންނަށް ޚާއްޞަ މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލުމަށްވެސް ވިސްނަވަމުންދާކަން އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ad
df

އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ވަކި ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.