ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
d

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމްކަމަށް ހިޖުރީގޮތުން 900 އަހަރު ފުރޭ މި ޝަރަފުވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، މިއަދު އަޅުގަނޑުމެންނަށް މި ތިބެވުނު ހިސާބާމެދު ވިސްނާލަންޖެހެއެވެ. އަދި އިސްލާމްދީން އަޅުގަނޑުމެންގެ އަތުގައި ހިފައިގެން މަތިވެރި ދަރަޖައަކަށް ގެންގޮސްދީފައިވާއިރު، މިއަދު މި ތިބެވުނީ ކޮން ޙާލަތެއްގައިތޯއާއި، އަލުން ގެންނަން ޖެހޭ އިޞްލާޙަކީ ކޮބައިތޯ ސުވާލު އުފައްދަވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދީން ފެށެނީ އީމާންތެރިކަމުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އީމާންތެރިކަމުގެ މަހައްލަކީ ހިތް ކަމަށާއި، ދީން ދޭ ހުރިހާ ރައްކާތެރިކަމަކާ ހަމައަށް ވާޞިލުވެވޭނީ ހިތް ރަނގަޅުކޮށް އަދި ހިތުގެ އީމާނަށް ދިރުން ދީގެން ކަމަށެވެ. މީގެއިތުރުން މާތްﷲ ގެ ޤަޟާ ޤަދަރާމެދު އޮތް ޤަބޫލުކުރުންތަކަށް ފުރިހަމަ ޔަޤީންކަންދީ، ނަފުސްތައް ޠާހިރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހެޔޮކަމާއި ނުބައިކަމާ ދެމެދު ފިސާރި ކެރުމާއި ހަރުދަނާ އިތުބާރާއެކު އިން ވަކިކުރަން އެނގެންޖެހޭ ކަމަށާއި، ހެޔޮމަގުން ނޫނީ ނުދާން ޢަޒުމު ކަނޑައަޅައި، ދިރިއުޅުމުގެ ހުރިހާ ޙާލަތެއްގައި އެގޮތުގައި ފައިތިލަ ސާބިތުކުރަންޖެހޭ ކަމަށެވެ. އެފަދަ ފަރުދެއް އަދި ޤައުމެއްގެ ޙަޔާތަކީ އިސްލާމީ، ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރިގެންވާ ދިރުންހުރި ޙަޔާތެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

Ad
df

މި މައުލޫއަށް ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ތަރައްޤީގައި ދީނީ މުސްތަޤުބަލް ކަނޑައަޅަންވާނީ ކޮންމެ ފަރުދަކާ ހަމައިން ފެށިގެން، މުޅި ޖަމާޢަތާއި ޤައުމަށް އެ ޢިއްޒަތް ފެތުރިގެންދާ ގޮތަށް ކަމަށެވެ. އަދި ދިވެހި ޤައުމުގެ ދެމިއޮތުން ބިނާވެފައިވަނީ މާތްވެގެންވާ އިސްލާމްދީން ދޭ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މަތީގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.