ހއ.ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ "މަދަޙަ މުބާރާތް 2026" ނިންމާލައިފިއެވެ.

އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެވިޑް އިންޓަނޭޝަނަލް ސްކޫލާއި އެ ރަށު ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި، ބޭއްވި މުބާރާތެކެވެ.

Ad
rt

މި މަދަހަ މުބާރާތުގައި އިސްލާމީ އަޚުލާޤާއި، މާތްﷲ ގެ ކިބަފުޅަށް ޙަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާ ޞޢވ ގެ މާތް ސިފަފުޅުތަކަށް ތަޢުރީފުގެ މަދަހަތައް އިވިގެން ގޮސްފައިވެއެވެ.

މި މުބާރާތުގެ އެންމެހާ އިންތިޒާމުތައް ކޯޑިނޭޓަރެއްގެ ގޮތުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާފައިވަނީ ކައުންސިލް މެމްބަރ އާމިނަތު ވިސާމާއެވެ. މީގެއިތުރުން މި މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުމުގައި އެވިޑް ކޮލެޖްގެ އިސްވެރިންނާއި، އޭއައިއެސްގެ އެންމެހާ ސްޓާފުންގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާތީ އެ ފަރާތްތަށް ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާފައިވެއެވެ.

މި މުބާރާތް ޝަރަފްވެރިކޮއްދެއްވާފައިވަނީ އެ ރަށު އިމާމް، އިބްރާހީމް އާމިރެވެ.