ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ރޭ 21:13 އެހައިކަންހާއިރު ކަމަށެވެ.

Ad
d

މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
df

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.