ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުގައި ހުންނަ ވިނަރެސް 5 އިމާރާތް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 23:05 އެހައިކަންހާއިރު އެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ސައިކަލުތަކުގެ ފަހަތުގައި ތިބި މީހުން ހިމެނޭހެން ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ އެނގިފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ފޭސް ދެއެއްގެ ވިނަރެސް ސަރަހައްދުގައި އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!