Skip to main content
Topic Archive

#ށ. ފޭދޫ ކައުންސިލް

44 Stories filed
ޝަންޓޭގެ މޮޅު ކުޅުމާއެކު ޑާކް ވުޑުން ފޭދޫ ކައުންސިލް ކަޕް ކާމިޔާބުކޮށްފި
Thiladhunmathi News

ޝަންޓޭގެ މޮޅު ކުޅުމާއެކު ޑާކް ވުޑުން ފޭދޫ ކައުންސިލް ކަޕް ކާމިޔާބުކޮށްފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގައި އެން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޑާކް ވުޑުން ހޯދައިފިއެވެ. ކްލަބް ޑާކް ވުޑުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެން ކްލަބް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ބަލިވި އެން ކްލަބަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި […]

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް
News

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް

ށ. ފީވަކާއި އެ އަތޮޅު ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮއްފިއެވެ. ފީވައް ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށު ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިމެއް ދޫކޮއްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކޮމްޕެނީއާ ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 40 އަހަރު ކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ. މީގެއިތުރުން އެ އަތޮޅު ފޭދޫގައި ވެސް، ފިއުލް ޝެޑް ގާއިމުކުރުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވުނު ބިމުގެ އެއްބ...

ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން، އެ ރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭއްވި “މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެ ކައުންސިލުން ބުނާ ގޮތުގައި މިއީ މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި ޕްރޮގްރާމްގެ ސެޝަންތައް ވެސް ނަންގަވައިދެއްވާފައިވަނީ މިނިސްޓްރީގެ މުދައްރިބުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ޚާއްސަކޮށް ގެން ކުރިޔަށް ގެންދެވުނު ސެޝަންގައި އަލިއަޅުވާލައިފައިވަނީ  އިޙްސާސްތ...

ށ. ފޭދޫގައި ވިޔަފާރި ކުރަން 20 އަހަރަށް ހަތަރު ބިން ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ށ. ފޭދޫގައި ވިޔަފާރި ކުރަން 20 އަހަރަށް ހަތަރު ބިން ކުއްޔަށް ދޫކުރަނީ

ށ. ފޭދޫގައި ވިޔަފާރި ކުރުމަށްޓަކައި 20 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ހަތަރު ބިމެއް 20 އަހަރުގެ މުއްދަތަށް ވިޔަފާރި ބިމުގެ ގޮތުގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓ...

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.  އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައި...

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި
Thiladhunmathi News

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއ...

ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
Thiladhunmathi News

ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ށ. ފޭދޫގައި އަޅަން ފަށާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ހޯއްދަވައި އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގަތް ފުރަތަމަ މަންޒިލަކީ އެ އަތޮޅު ފޭދޫއެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހި...

ށ.ފޭދޫ ކައުންސިލުން ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި
Thiladhunmathi News

ށ.ފޭދޫ ކައުންސިލުން ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ށ. ފޭދޫ ކައުންސިލުން އެ ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްދީފިއެވެ. މި މަސައްކަތަކީ ފޭދޫ ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ފޭދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިމަނާފައިވާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން ކައުންސިލުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑީ ކޮމްޕޮސިޝަން މޮނީޓަރ، ބްލަޑް ގްލޫކޯސް މީޓަރ، ބީޕީ މޮނިޓަރ އަދި މީގެ އިތުރުންވެސް މަރުކަޒަށް ބޭނުންތެރި ތަކެތި ހިމެނެއެވެ. މި […]

ކުނި މެނޭޖުކުރުމަށާއި މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނުނެގި ލަސްވާތީ ށ.ފޭދޫ ކައުންސިލްގެ ކަންބޮޑުވުން
Thiladhunmathi News

ކުނި މެނޭޖުކުރުމަށާއި މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނުނެގި ލަސްވާތީ ށ.ފޭދޫ ކައުންސިލްގެ ކަންބޮޑުވުން

ށ. ފޭދޫ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށާއި، އެރަށު މިސްކިތް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ނެގުން ލަސްވެފައިވާތީ، އެ ރަށު ކައުންސިލުން ކަން ބޮޑުވުންފާޅުކޮށްފިއެވެ. މިކަންބޮޑުވުން ފާޅުކޮށް ފޭދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ފަހުގެ އިސްލާޙްގެ ދަށުން ކައުންސިލްތަކުގެ ދައުރު ހަަމަވާން އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ކައުންސިލްތަކަށް މުވައްޒަފުންނެގުމު ބާރު ކައުންސިލްތަކަށް ނޯންނާތީ، އެ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމ...

ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މ...

ށ.ފޭދޫގައި މާރާމާރި ހިންގި ކުޅުންތެރިޔާއާމެދު ހަރުކަށި ފިޔަވަޅު އަޅައިފި
Thiladhunmathi News

ށ.ފޭދޫގައި މާރާމާރި ހިންގި ކުޅުންތެރިޔާއާމެދު ހަރުކަށި ފިޔަވަޅު އަޅައިފި

ށ. ފޭދޫ ގައި ކުރިއަށް ގެންދިޔަ ކައުންސިލް ކަޕް 2025 ގައި ކުޅުންތެރިއަކު ކުޅިވަރުގެ ރޫހާ ހިލާފު އިޖުތިމާއީ މިންގަނޑުން ބޭރު ޢަމަލެއް ހިންގުމުގެ ސަބަބުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފިއެވެ. ފޭދޫ ކައުންސިލް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި “ޑާކްވުޑް ސްޕޯޓްސް ކްލަބް” ގެ ޖާރޒީ ނަންބަރު 11 ކުޅުންތެރިޔާ ވަނީ ނުފޫޒް ޓީމުގެ ޖާޒީ ނަންބަރު 13 ބޯޅަ ހިފައިގެން ދަނިކޮށް މެދުހަށީގައި ހިފައި ވައްޓާލައި ފައިން އެ ކުޅުންތެރިޔާގެ ބޮލަށް ހަމަލާދީފައެވެ.  މިކަމާއި ގުޅޭގޮތުން […]

ފޭދޫ ކައުންސިލުން އެރަށު ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކޮށްދެނީ
Thiladhunmathi News

ފޭދޫ ކައުންސިލުން އެރަށު ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކޮށްދެނީ

ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމަތައް އޭސީ ކުރުމުުގެ ގޮތުން އެކަމަށް ބޭނުންވާ ކަރަންޓް ވަޔަރ ކުރުމުގެ ސާމާނާއި އޭސީ ފޭދޫ ކައުންސިލުން އެރަށު ސްކޫލަށް ހަވާލުކޮށްދީފިއެވެ. ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙުމަދު ރައިޝަމް “ތިލަދުން” އަށް މައުލޫމާތުދެއްވައި ވިދާޅުވެފައިވަނީ، ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ހާސްކަމާއި، އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު ހާސިލްކުރުމަށް ދަތިވެ، ކިޔެވުމަށް ބަހައްޓަން ޖެހޭ ޝައުޤުވެރިކަން ދައްވާކަމަށް ފާހަގަ ކުރެވޭކަމަށެވެ.  އެހެ...

ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު!
Thiladhunmathi News

ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު!

ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ. […]

އެއްވަނައަށް އުމްރާ ދަތުރެއް ދޭ، ފޭދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

އެއްވަނައަށް އުމްރާ ދަތުރެއް ދޭ، ފޭދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1446، ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޭދޫގައި ރަށްވެފިވެފައިވާ ފަރާތްތަކާއި، ރަށްވެހިވެފައިވާ ފަރާތްތަކުގެ ދަރިންނާއި، އެ ރަށުގައި ރަށްވެފިވެފައިވާ ރައްޔިތަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި، ރަޖިސްޓަރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ދަރިވަރިންގެ އިތުރުން އެ ރަށު ސްކޫލްތަކުގެ ދަރިވަރުންނަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަ...

ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ
Raajje

ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ

ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް، ކަނޑިތީމު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަޖިލީހުގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައިސަމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ޢިއުލާން ކުރައްވާފައެވެ. ށ. އަތޮޅުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ މެންބަރުން ތެރޭ ހިމެނިވަޑައިގަންނަވާ ރައިސަމް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މަޖިލީހު ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ވިދާޅު...