ހއ.މާރަންދޫގައި ބާއްވާ ކެންވަރ ދަސްކޮއްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ މާރަންދޫ ކައުންސިލާއި އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމްޢިއްޔާ ގުޅިގެން ހިންގާ ކޯހެކެވެ.
މާރަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި މިއީ އެރަށުގެ ޢުމުރުން 16 އަހަރުން މަތީގެ ދެ ޖިންސްގެ މީހުންނަށް އަމާޒުކޮށް ހިންގަން ނިންމާފައިވާ ކޯހެކެވެ.
މި ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ދެ ބައެކެވެ. އެއީ ފޮޓޯ އާއި ވީޑިޔޯ ހަދާނެ ގޮތެވެ.
އޭގެ ތެރޭގައި އެކި ކަހަލަ ޕޯސްޓަރ ހެދުމާއި، ޕްރެޒެންޓޭޝަން (ޕީޕީޓީ)، ސެޓްފިކެޓް، އަދި އޭއައި ފޮޓޯ ޖެނެރޭޓް ކުރުމާއެކު އިތުރު ބައިތައް ދަސްކޮއްދޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި ވީޑިޔޯ އެނިމޭޓް ކުރުމާއި، ޝޯޓްސް ވީޑިޔޯ އަދި ދިވެހި ސަބްޓައިޓަލް ހަދާނެގޮތް ވެސް މި ކޯހުގައި ކިޔަވައިދޭނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 6 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:00އަށެވެ. ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކައުންސިލް ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މީގެއިތުރުން ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މާރަންދޫ ކައުންސިލްގެ އ.ކައުންސިލް އެގްޒެކްޓިވް މަރްޔަމް ޝިފާނާ 9193377އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ އިޢުލާނުގައި ބަޔާންކޮއްފައިވެއެވެ.
މި ކޯސް ކުރިޔަށް ގެންދަން ނިންމާފައި ވަނީ 2026 ސެޕްޓެމްބަރ 16 އިން 18 ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!