މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށްޓަކައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއު.ޑީ.ސީ) ޚާއްސަކޮށްގެން ބާއްވާ ވެބިނާއެއްގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވެބިނާއަކީ "މުޖުތަމައުގެ ބޭނުންތަކުން އަމަލީ ނަތީޖާއަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ވެބިނާއަކީ ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް ސެންޓަރު ގުޅިގެން، ޑަބްލިއު.ޑީ.ސީ ތަކަށް ބޭއްވުމަށް ނިންމާފައިވާ ސެޝަނެކެވެ.
މީގެ އިތުރުން މި ހަރަކާތް ކުރިއަށްދަނީ ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއި، ދަ އޭޝިއާ ފައުންޑޭޝަންގެ އެއްބާރުލުމާ އެކުގައެވެ.
އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވެބިނާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 22 އޯގަސްޓް 2026 ވާ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. މި ވެބިނާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޚާއްސަ އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކުރިމަގު ޖަމިއްޔާއިން ވަނީ މީގެ ކުރީން ވެސް ހައިވް ޑިޖިޓަލް ސެންޓަރާއި ގުޅިގެން ޑަބްލިޔުޑީސީތަކަށް މިފަދަ ސެޝަންތަކެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!