ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮއްގެން ބާއްވާ " އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް ޓޯނަމެންޓް 2026 " އިންތިޒާމްކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްޢޫލިއްޔަތު " ޑްރާފްޓް އެންޑް ކްރާފްޓް" އާ ޙަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ރައީސްގެ ޢަލީ އިބްރާހީމެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޯނަރ ޝިފާން ޙަސަންއެވެ.
އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މުބާރާތުގެ އިންތިޒާމީ އެންމެހައި ކަންކަމާއި މުބާރާތުގެ ހިންގުމުގެ ފުރިހަމަ މަސްޢޫލިއްޔަތާއި ޒިންމާ ނަގާނީ ޑްރާފްޓް އެންޑް ކްރާފްގެ މެނޭޖްމަންޓުންނެވެ. އެގޮތުން މި މުބާރާތުގައި ހިމެނެނީ މުޢައްސަސާތަކުގެ ފިރިހެން މުވައްޒަފުންނަށް ޢަމާޒުކޮށްގެން ބޭއްވޭ ފުޓްސަލް މުބާރާތެއްކަމާއި މުޢައްސަސާތަކުގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވޭ ހޭންޑްބޯލް މުބާރާތެއްކަމަށް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން މި މުބާރާތްތަކުގެ ތާވަލު އެކުލަވާލުމާއ،ި މެޗްތައް އިންތިޒާމްކޮށް ހިންގުމާއި، މުބާރާތުގެ ރެފްރީންނާއި އޮފިޝަލުންގެ ކަންކަން ހަމަޖައްސެމުގެ އިތުރުނ،ް މުބާރާތުގެ ބްރޭންޑިންގ، މާކެޓިންގ އަދި މީޑިއާ ކަވަރޭޖްގެ މަސައްކަތް ވެސް ކުރާނީ ޑްރާފްޓް އެންޑް ކްރާފްޓުންނެވެ. އަދި މުބާރާތް ބޭއްވުމަށް ބޭނުންވާ ދަނޑާއި ވަޞީލަތްތައްް ތައްޔާރު ކުރުމުގެ ފުރިހަމަ ޒިންމާ ނަގަންވާނީ ޑްރާފްޓް އެންޑް ކްރާފްޓުންކަމުގައި އެ އެއްބަސްވުމުގެ ތަފްޞީލްގައި އޮތެވެ.
"ޑްރާފްޓް އެންޑް ކްރާފްޓް" އާއި ހަނިމާދޫ ކައުންސިލާއެކު ސޮއި ކުރި މި އެއްބަސްވުމުގެ އަގަކީ 278350.00 ރުފިޔާ އެވެ.
ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ޖަވާޙިރުލް ޤުރުއާން މުބާރާތް 1448" އިންތިޒާމުކުރުމަށް ވެސް ހަވާލުކޮށްފައި ވަނީ "ޑްރާފް އެންޑް ކްރާފްޓް" އެވެ. މި އެއްބަސްވުމުގެ އަގަކީ 491,600 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!